Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިބްރާހީމް ޝަރީފު

ރައީސަށް ޓިކެޓު އެރުވި ޖަލްސާއަށް ނަޝީދު ވަޑައިނުގަތުމަކީ ހުތުރު އަމަލެއް: މަވޯޓާ

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރި ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޖަލްސާއަށް، ޕްރައިމަރީ ނާކާމިޔާބުވެވަޑައިގެންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިނުގެންނެވުމުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ފާޑުވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ބޮޑު ޖަލްސާއެއްގައި ރައީސް އިބްރާހީމް ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ވަނީ އަރުވާފަ އެވެ. އެ ރަސްމިއްޔާތަށް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންނާއި ޕާޓީގެ ލީޑާޝިޕުގެ އެހެން ބައެއް ބޭފުޅުންވެސް ވަޑައިނުގަންނަވަ އެވެ.

އެކަމާ ގުޅިގެން މަވޯޓާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑިމަކްރަސީގެ ރީތި ހަމަތައް ގަބޫލުކުރާ ކޮންމެ މީހަކުވެސް އިންތިހާބެއްގައި ބަލިވެއްޖެ ނަމަ ބަލި ގަބޫލުކުރާނެ ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް މަގާމުގައި ހުންނަވައިގެން އިބްރާހީމް މުހައްމަދު ސޯލިހަށް ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތަށް މުހައްމަދު ނަޝީދު ވަޑައިނުގަތުމަކީ ވަރަށް ދެރަވަރު ހުތުރު އަމަލެއް ކަމަށް ވިދާޅުވި އެވެ.

މިދިޔަ މަހު 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް ކާމިޔާބު ކުރެއްވީ، ރައީސް ނަޝީދާ ވާދަކުރައްވައި 61 ޕަސެންޓު ވޯޓު ހޯދައިގެންނެވެ.

އެކަމަކު ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ތާއީދުކުރާ 39،000 މީހުން ޕާޓީން ވަކިކުރި ކަމަށާއި އެމީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު ނަމަ ރައީސް އިބްރާހީމަށް އިންތިގާބު ކާމިޔާބުވެވަޑައި ނުގެންނެވީސް ކަމަށެވެ.
އިންތިހާބަށް ފަހު ރައީސް އިބްރާހީމްގެ ފަހަތްޕުޅަށް އަރަން ދެކޮޅުހައްދަވައި، ރައީސް ނަޝީދު ޕްރައިމަރީގައި ބޭނުންކުރެއްވި "ފިކުރެއްގެ ދިރުން" ޝިއާރުގެ ނަމުގެ ދަށުން އެމްޑީޕީ ތެރޭގައި ގޮފިތަކެއް ގާއިމުކުރައްވައި، ވަކި ފެކްޝަނެއް ޕާޓީ ތެރޭގައި ހިންގެވުމުގެ މަސައްކަތް އެމަނިކުފާނު ވަނީ ފައްޓަވާފަ އެވެ.

ޕްރައިމަރީ ބާއްވާފައިވަނީ ޕާޓީން ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ބުނެ، އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ވެސް މިހާރު ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. ރައީސް ނަޝީދަށް ޕްރައިމަރީގައި 15،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވާއިރު، އެމަނިކުފާނާ ނުލައި ރިޔާސީ އިންތިހާބު ރައީސް އިބްރާހީމަށް ކާމިޔާބުކުރެއްވުމަކީ އުދަގޫކަމަކަށްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މި ލިއުމާއި ގުޅޭ