Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

ކުޑަކުއްޖަކާ ބެހުނު އިންޑިއާ މީހާގެ މައްސަލަ އިސްތިއުނާފުކުރިކަން ޕީޖީއަކުން ނާންގާ: އިމިގްރޭޝަން

އިންޑިއާ ރައްޔިތަކާ ގުޅޭ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވަނިކޮށް މޯލްޑިވްސް އިމިގްރޭޝަނުން އެ ބިދޭސީ މީހާ ޑީޕޯޓުކޮށްލާފައިވާކަމަށް ދެކެވޭ ވާހަކަ އެ އިދާރާއިން ދޮގުކޮށްފިއެވެ.

ކުޑަކުއްޖަކާ ބެހުނު އިންޑިއާ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް އެ މައްސަލަ ފެށި އިރު، ދައުވާ ލިބޭ މީހާ ޑިޕޯޓުކޮށްލި މައްސަލަ ފެންމަތިވީ މިދިޔަ ހަފްތާގައެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރަމޭޝް ސިލްވަމޮނީ ނަމަކަށް ކިޔާ އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ކުޑަކުއްޖެއްގެ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ކްރިމިނަލް ކޯޓުން އެ މައްސަލަ ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.

އެހެންކަމުން އެ މައްސަލައިގެ ހުކުމް ޕީޖީ އޮފީހުން މިދިޔަ ޑިސެމްބަރު 8 ވަނަ ދުވަހު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ރަމޭޝް ރާއްޖެއިން ޑިޕޯޓުކޮށްލާފައި ވާތީ، ހައިކޯޓުން މި މަހުގެ 8 ވަނަ ދުވަހު ނިންމީ ރަމޭޝްއާ ދެކޮޅަށް ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބާތިލު ކުރުމަށެވެ.

މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މީޑިއާއަށް މައުލޫމާތު ދީފައިވަނީ ރަމޭޝް ޑިޕޯޓުކޮށްލީ މައްސަލަ އިސްތިއުނާފުކުރި ފަހުން، އިމިގްރޭޝަނުން ކަމަށެވެ. އަދި ޕީޖީ އޮފީހަށް ނޭނގި ރަމޭޝް ޑިޕޯޓުކުރި އިރު މައްސަލަ އިސްތިއުނާފުކުރަން އުޅޭކަން އިމިގްރޭޝަނަށް އަންގާފައިވާކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
ނަމަވެސް މިކަން ދޮގުކޮށް އިމްގްރޭޗަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އީންޑިއާގެ ރައްޔިތެއްކަމުގައިވާ ރަމޭޝް ސެލްވަމޮނީ އަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް ޚިލާފު ވުމުގެ ސަބަބުން ރާއްޖެއިން ފުރުވާލެވެންދެން އިމްގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި 25 ސެޕްޓެމްބަރު 2022 ވަނަ ދުވަހުން ފެށިގެން ބެހެއްޓުނު ފަރާތެއްކަމަށެވެ.

އަދި 8 ޑިސެމްބަރު 2022 ގައި ރަމޭޝް ދިވެހިރާއްޖެއިން ޑީޕޯޓުކޮށްލުމާއި ހަމައަށްވެސް އޭނާއާ ގުޅޭ ޖިނާއީ އެއްވެސް މައްސަލައެއް ދިވެހިރާއްޖޭގެ ކޯޓެއްގައި އިސްތިއުނާފު ކޮށްފައިވާކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ރަސްމީ ސިފައެއްގައި އެ އިދާރާއަށް އަންގާފައި ނުވާކަމަށާއި ރަމޭޝް ރާއްޖެއިން ފުރުން މަނާކޮށް އެއްވެސް ކޯޓެއްގެ އަމުރެއްވެސްވެސް އެ އިދާރާއަށް ލިބިފައި ނުވާކަމަށް އިމިގްރޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ