Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

ޖަޕާނު މީހާ އުޅެނީ ދިވެއްސަކާ ކައިވެނިކޮށްގެން، މައްސަލަ އިތުރަށް ބަލަނީ

މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅުނު ޖަޕާނު އަންހެން މީހާ އަކީ ދިވެއްސަކާ އިނދެގެން، ރެސިޑެންޓް ވިސާގައި ރާއްޖޭގައި އުޅޭ މީހެއް ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އެ އަންހެން މީހާ މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. ބައެއް ބުނާ ގޮތުން އޭނާ މީހުންގެ އަތުން ފައިސާ ހޯދަނީ އެކި ފަހަރު އެކި ވާހަކަ ދައްކައިގެންނެވެ.
އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސް، އޭނައަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް އުޅެމުންދާ ކަމަށް ތުހުމަތު ކުރެވިގެން އިއްޔެ ފުލުހުން ވަނީ އެ އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާއިން ބެލުމަށްފަހު އޭނާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެސިޑެންޓް ވިސާގައި ރާއްޖޭގައި އުޅެމުންދާ އަންހެނެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އަދި މުޖްތަމައުގެ އާންމު ހަމަޖެހުމާ ރައްކާތެރިކަމާ ގުޅުވައި، އެ އަންހެން މީހާއާ ގުޅޭގޮތުން ފާހަގަވެފައިވާ މައްސަލައިގައި، އިމިގްރޭޝަން ގާނުނާ ހިލާފު ކަންތައްތަކެއް ހިމެނޭތޯ ކަށަވަރު ކުރުމަށް އެ އިދާރާއިން މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޖަޕާނު އަންހެން މީހާ މަގުމަތީގައި ސަލާންޖަހަން އުޅެނިކޮށް ދެތިން ފަހަރަކު ދިމާވެއްޖެ ކަމަށް ބުނެ ޓުވީޓުކުރި މީހަކު ބުނި ގޮތުގައި އެ އަންހެން މީހާއަކީ ހަސަން ފާރިސް ނަމަކަށް ކިޔާ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ އަންހެނެކެވެ. އޭނާ ކައިވެނިކޮށްގެން އުޅޭތާ 13 އަހަރުވެއްޖެ ކަމަށް އޭނާ ބުނާ ކަމަށް ބުނެފައިވެ އެވެ.
އެ ޕޯސްޓަށް ކޮމެންޓުކުރި ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އެ އަންހެން މީހާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެކެވެ. އަދި ފައިސާ ހޯދަނީ ފިރިމީހާ ބުނެގެން އޭނާއާ ގުޅިގެން މަސްތުވާތަކެތި ގަންނަން ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.
މި ލިއުމާއި ގުޅޭ