Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

ޓޮމް، ނާޒިމަށް: އިންޑިއާ ސިފައިން ފޭބުމަށް ގޮވައިލާ!

"ހުރި ދިމާ ސާފުކުރަން" ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބަން ގޮވާލުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް)، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް ގޮވާލައިފި އެވެ.

ޓޮމް އެ މޭރުމުން ވާހަކަދެއްކެވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ދިފާއުގައި ފުރަތަމަ ފަހަރަށް ނާޒިމް ވާހަކަދެއްކެވުމާ ގުޅިގެންނެވެ.
މީގެ ކުރިން ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާ ކަމަށް ނާޒިމް ވިދާޅުވި ނަމަވެސް އޭނާގެ ރާގު ބަދަލުވެ، ރޭ ވަނީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރަށް ގޮވައިލައިފަ އެވެ.
އެކަމާ ގުޅިގެން ޓޮމް ކުރެއްވި ޓުވީޓެއްގައި ވިދާލުވީ ނާޒިމްގެ އެ ވާހަކަތަކަކީ ރައީސް ޔާމީންގެ ސަޕޯޓަރުންގެ ވޯޓު ލިބޭނެ ކަމަށް ދައްކާ ވާހަކަތަކެއް ނަމަ އެއީ ދެރަ ކަމެއް ކަމަށެވެ.
ރައީސް ޔާމީން ކުރައްވަނީ ރާއްޖެ މިނިވަން ކުރުމުގެ "ޖިހާދެއް" ކަމަށާއި، ނާޒިމް "ހުރި ދިމާލެއް" ސާފު ވާނީ އިންޑިއާ ސިފައިން މިހާރުން މިހާރަށް ރާއްޖެއިން ފައިބަން ގޮވާލަން ކެރޭ ނަމަ ކަމަށް ޓޮމް ވިދާޅުވި އެވެ.

ރޭ އެމްއެންޕީ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ނާޒިމް ވިދާޅުވީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ޕާޓީއެއްގެ ލީޑަރެއް ޖަލުގައި އޮތުން އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް އޮންނަޖެހޭނެ ކަމަށެވެ.

އެމަނިކުފާނު ޖަލުގައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވައި ނާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ގިނަ ފަރާތްތަކެއް ޝާމިލުވާއިރު، ރައީސް ޔާމީނަށް އެކަނި އަދަބު ދިނުމަކީ އިންސާފު ނޫން ކަމަށެވެ.
މި ލިއުމާއި ގުޅޭ