Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ކާނަލް މުޙައްމަދު ނާޒިމް

ނާޒިމްގެ ރާގު ބަދަލުވެއްޖެ، މިހާރު ވިދާޅުވަނީ ޔާމީން ޖަލަށްލުމުން ކަންބޮޑުވާ ކަމަށް

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮތުމުން ކަންބޮޑުވާ ކަމަށް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް މީގެ ކުރިން ވަނީ ރައީސް ޔާމީނަކީ ރާއްޖެ ދުށް އެންމެ ބޮޑު ޣައްދާރު ކަމަށާއި، އެމަނިކުފާނު ކުރެއްވީ "ނަޖިސް" ވެރިކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ޖަލުގައި އޮންނަންޖެހޭ ކަމަށްވެސް ކުރިން ނާޒިމް ވިދާޅުވެފައިވެ އެވެ.
އެކަމަކު އޭނާގެ ރާގު ބަދަލުވެ، ރޭ އެމްއެންޕީ ޖަގަހައިގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް، ނާޒިމް ވަނީ ރައީސް ޔާމީން ޖަލުގައި އޮތުމުން ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާނަށް އިންސާފު ކަށަވަރު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
ނާޒިމް ވިދާޅުވީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ޕާޓީއެއްގެ ލީޑަރެއް ޖަލުގައި އޮތުން އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް އޮންނަޖެހޭނެ ކަމަށެވެ. އަދި ކުރީގެ ރައީސުން ޖަލަށްލާ ސިޔާސަތާމެދު ހިތާމަކުރާ ކަމަށް ވިދާޅުވި އެވެ.
"ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ޕާޓީއެއްގެ ލީޑަރެއް ޖަލުގައި އޮތުން އެއީ ވަރަށް ކަންބޮޑުވާ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖެއިން މިހާރު ފެންނަމުންދަނީ ނާޒިމް ވިދާޅުވި ގޮތުގައި "ސެލެކްޓިވް ޖަސްޓިސް" އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ގިނަ ފަރާތްތަކެއް ޝާމިލުވާއިރު، ރައީސް ޔާމީނަށް އެކަނި އަދަބު ދިނުމަކީ އިންސާފު ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެމްއެންޕީގެ ސަރުކާރެއް ވާނީ އިންސާފު ގާއިމުކުރާ ސަރުކާރަކަށް ކަމަށް ވިދާޅުވި އެވެ.

މި ލިއުމާއި ގުޅޭ