Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާޝަލް އާޓްސް

ސްރީލަންކާގެ ކަރާޓޭ އެކްސްޕާޓް އެންޓޯ ދިނޭޝްގެ ފޮތެއް ރާއްޖޭގައި އިފްތިތާހު ކޮށްފި

އަވަށްޓެރި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އެންޓޯ ދިނޭޝް ކަރާޓީއާ ބެހޭ ގޮތުން ލިޔުއްވާފައިވާ "އާޓް އޮފް ކަރާޓޭ - ދަ ޕާތު ޓު ރިކޮގްނިޝަން" ފޮތް ރަސްމީކޮށް އިއްޔެ އިފްތިތާހު ކޮށްފިއެވެ.

މިރަސްމިއްޔާތު އޮތީ ރާއްޖޭގައި ހުންނަ އެކަޑަމީ އޮފް ޑައިނަމިކް ކަރާޓޭ މާޝަލް އާޓްސް (އެސްކޭއޭއައި) ގެ ޑޯޖޯގައެވެ. މި ފޮތުގައި ކަރާޓޭގެ ފަންނާއި، އެ ފަންނު ދެނެގަނެވޭނެ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މި ފޮތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީގެ ޑެޕިއުޓީ މިނިސްޓަރު އޮނަރަބަލް މުހައްމަދު އަޒްމީލެވެ. މި ހަރަކާތަށްފަހު ވަނީ ބްލެކް ބެލްޓް ޝޯޑަން އިންޓަނޭޝަނަލް ޑިޕްލޮމާ ހާސިލްކުރި ފަރާތްތަކަށް ސެޓްފިކެޓް ދެއްވާފައެވެ.

އެންޓޯ ދިނޭޝް އަކީ ކަރާޓޭ އާއި މާޝަލް އާޓްސްގެ ދާއިރާއިން ވަރަށް ގިނަ މީހުން ދަންނަ އަދި ގިނަ ބަޔަކު އިހުތިރާމް ކުރާ ބޭފުޅެކެވެ. އޭނާ އަކީ ސްރީ ލަންކާގެ ގައުމީ ސެލެކްޝަން ކޮމިޓީގެ މެމްބަރެއްގެ އިތުރުން، އިންޓަނޭޝަނަލް ކަރާޓޭ ޗެމްޕިއަންޝިޕްގައި ސްރީލަންކާ ތަމްސީލުކުރާ ޓީމު ކަނޑައެޅުމުގެ ޒިންމާ ވެސް އުފުއްލަވާ ފަރާތެކެވެ.

ދިނޭޝް އަކީ ބެޗެލަރސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (ބީބީއޭ) އަދި މާސްޓާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައިވާ އަދި އެމެޒޯން ކޮލެޖުން ވިޒިޓިން ލެކްޗަރާއެއްގެ އިތުރުން ޖަޕާން ކަރާޓޭ ޑޯ ފެޑެރޭޝަން (ޖޭކޭއެފް)ގެ ނެޝަނަލް ކަރާޓޭ ގަވަރނިން ބޮޑީ އިން ޖަޕާން އެންޑް އޯލް ޖަޕާން ކަރާޓޭ ޑޯ ޝޮޓޯކަން (އޭޖޭކޭއެސް) ގެ ވެސް މެމްބަރެކެވެ. އޭނާ ލިޔުއްވި ފޮތްތަކުގެ ތެރޭގައި "މާޝަލް އާޓްސް ހިސްޓްރިކަލް އެންޑް ޓެކްނިކަލް އެންޑް އާޓް އޮފް ކަރާޓޭ - ދަ ޕާތު ޓު ރިކޮގްނިޝަން" މި ފޮތް ހިމެނެއެވެ.

ނޭޝަނަލް ކާޓާ އޭ ގްރޭޑް ޖަޖް އަދި ނޭޝަނަލް ކުމައިޓް އޭ ގްރޭޑް ރެފްރީކަން ކުރައްވާފައިވާ އެންޓޯ ދިނޭޝް ވަނީ ސްރީލަންކާ، އިންޑިއާ، ސިންގަޕޫރު، މެލޭޝިއާ، ޖަޕާން، ކެނެޑާ އަދި އެމެރިކާގެ އެކި ޑިސްޓްރިކްޓް، ޕްރޮވިންޝަލް، ނޭޝަނަލް އަދި އިންޓަނޭޝަނަލް ޗެމްޕިއަންޝިޕްތަކުގައި ޖަޖުކޮށް ރެފްރީކަން ކުރައްވައިފަ އެވެ.

އަދި އޭނާ ވަނީ އެމެރިކާގެ ކަރާޓޭ އޮފް ޖަޕާން ފެޑެރޭޝަން އިންޓަނޭޝަނަލް، ޖަޕާނުގެ ޔުނިވާސަލް ޝޮޓޯކަން ކަރާޓޭ ޔޫނިއަން ހޮންބޫގެ ދަށުން ހާއްސަ ތަމްރީނުތަކެއް ހާސިލްކުރައްވައި، އަޔަލޭންޑްގެ ހޮމްބޫ ޑޯޖޯ ކަރާޓޭ އިންޓަނޭޝަނަލްގައި އިންސްޓްރަކްޓަރސް އިންޓާންޝިޕް ފުރިހަމަ ކުރައްވާފައެވެ.

އެކަޑަމީ އޮފް ޑައިނަމިކް ކަރާޓޭ މާޝަލް އާޓްސް (އޭޑީކޭއެމްއޭ) އަކީ 2020 ވަނަ އަހަރު އަލްފާޟިލް ފިރުޝާން އަލީ އާއި ޑރ. ޙަސަން ޢަލީ އަދި އަލްފާޟިލް މުޙައްމަދު ޝަނާސް އުފެއްދެވި އެކަޑަމީއެކެވެ. އޭޑީކޭއެމްއޭގެ މަގްސަދަކީ ކަރާޓޭ އާއި މާޝަލް އާޓްސް އާއި އެއާ ގުޅުން ހުރި ދާއިރާތައް ރާއްޖޭގައި ކުރިއެރުވުމެވެ.

ދިނޭޝް ވިދާޅުވީ ފޮތް އިފްތިތާހު ކުރުމުގެ ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށާއި، ކަރާޓޭއަށް ޝައުގުވެރިވާ ގިނަ ބަޔަކު ބައިވެރިވެ، އޭނާގެ އާ ފޮތަށް ބޮޑު ތަރުހީބެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

އަދި މިއީ ކަރާޓޭ އާއި މާޝަލް އާޓްސްގެ ދާއިރާއަށް އިތުރުކުރި އަގުހުރި ކުރިއެރުމެއް ކަމަށާއި ކަރާޓޭގެ ފަންނަށް ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް ރަނގަޅު ވަސީލަތަކަށް ވާނެ ކަން ޔަގީން ކުރާ ކަމަށް ދިނޭޝް ވަނީ ވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ