އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ސައިކަލު، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޭ ދޮރުމަތީ ޕާކުކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެއްޖެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގޭ ދޮރުމަތީ ހަދާފައިވާ ރޭމްޕު މަތީގައި، މެންބަރު ނާޒިމްގެ ސައިކަލު ޕާކުކޮށްފައިވާތަން ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯއިން ފެނެ އެވެ.
އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގެ ކުރިމަތި ނޫނަސް ރޭމްޕު މަތީ އެގޮތަށް ޕާކު ކުރުމަކީ ވަކި މީހަކަށް ވީތީ ކޮށްގެންވާނެ ކަމެއް ނޫނެވެ.