Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަދާލަތު ޕާޓީ

އަދާލަތު ޕާޓީން ޓޮމްގެ ބައްޕަ ވަގަށް އެ ޕާޓީއަށް ވައްދައިފި

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއިން އދ. މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިޤުގެ (ޓޮމް) ގެ ބައްޕަ އެ ޕާޓީއަށް ވަގަށް ވެއްދި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ޓޮމް ވިދާޅުވީ އެ ބޭފުޅާގެ ބައްޕަ އދ.މަހިބަދޫ ކަންމަތީގެ، އިބްރާހީމް އާދަމްގެ ހުއްދަނެތި އަދާލަތު ޕާޓީއަށް ވައްދާފައިވާތީ އެކަން ބަލައިދިނުމަށް ބައްޕަ އެދިލައްވާފައިވާ ކަމަށެވެ. އަދި ޕާޓީއަށް މެމްބަރުން އިތުރުކުރި ގޮތަކީ އެއީ ތޯ ޓޮމް ސުވާލުކުރެއްވިއެވެ.

"ފޯމުގައި ސޮއިކުރި ފަރާތްތައް ހޯދާ ފިޔަވަޅު އަޅާނަން" ޓޮމް ވިދާޅުވިއެވެ.

މީގެ އިތުރުން ޓޮމްވަނީ ދީނުގެ ނަން ބޭނުންކޮށްގެން ކުރަން މިއީ ކޮންފަދަ ކަމެއްތޯ އައްސަވާފައެވެ. އަދި ޕާޓީއަށް މެމްބަރުން ހަމަ ނުވަންޏާ އުވާލާފައި މައުލޫދު ކިޔާ ޖަމިއްޔާއެއް ހެދުމަށް ޓޮމް ގޮވާލެއްވިއެވެ.

އަދާލަތު ޕާޓީން މީގެ ކުރިންވެސް ވަގު ފޯމު ހުށަހަޅައިގެން މީހުން ޕާޓީއަށް ވެއްދި މައްސަލަ ވަނީ ފެންމަތިވެފައެވެ.

އަދާލަތު ޕާޓީއަކަށް ވަރަށް މެމްބަރުން ގިނަ ޕާޓީއެއް ކަމަށް ދައްކަން އެ ޕާޓީގެ އިސްވެރިން މަސައްކަތް ކުރިނަމަވެސް އެ ޕާޓީއަކީ އާންމުންގެ މެދުގައި މަގުބޫލު ޕާޓީއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި އެންމެ ގޮނޑިއެއްވެސް އެ ޕާޓީގެ ނެތް އިރު، ޕާޓީގެ ރައީސް ކަމުގެ މަޤާމަށް މީހަކު ހޮވަން ވޯޓުލީ 1000 އެއްހާ މެމްބަރުންނެވެ. އަދި އެ ޕާޓީއަށް ސަރުކާރުން ލިބުނު ސްލޮޓުތަކަށް ހަމަޖައްސާނެ ޕާޓީގެ މެމްބަރުން ނުވެގެން އެ ފުރުސަތުތައް ވަނީ އެހެން ޕާޓީތަކަށް ދީފައެވެ.

މި ލިއުމާއި ގުޅޭ