Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ދެމީހަކު ގެއްލުން: ރައީސް އިބްރާހީމްގެ މެމްބަރުންނަށް ބޮޑުކަމަކަށްނުވި!

މި ހިނގާ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ރާއްޖެއިން ގެއްލިގެން ހޯދަމުން އަންނަ މީހުންގެ މައްސަލަތައް، ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޮޑުކަމަށް ނުވިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހަރުދަނާކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އާދަމް ޝަރީފުގެ އެ މައްސަލާގައި ވިދާޅުވެފައިވަނީ ވީނުވީއެއް ނޭނގި ގެއްލެމުންދާ ދިވެހިންގެ މައްސަލަތައް ގިނަވެ އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިންތިހާއަށް އިތުވެފައިވާކަމަށާއި ގެއްލިފައިވާ މީހުން ހޯދުމުގައި ސަރުކާރުން އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާކަމަށާއި މީހުން ހޯދުމުގައި ސަރުކާރުންފަރުވާ ކުޑަކުރާ ޝަކުވާ އިތުވަމުންދާކަމަށެވެ.

އާދަމް ޝަރީގެ އެ މައްސަލާގައިވަނީ މި މަހުގެ 1 ވަނަ ދުވަހު ގެއްލިފައިވާ އއ. މަތިވެރި ރިވެލި ހަސަން އަލީ އާއި މި މަހުގެ 4 ވަނަ ދުވަހު ގެންލިގެން ހޯދަމުންދާ ސ. މަރަދޫ ގަސްކަރަ މުހައްމަދު އާސިރު އިސްމާއީލްގެ މައްސަލަ ފާހަގަކުރައްވާފައެވެ.

އާދަމް ޝަރީފްގެ މި ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފައި ނުވެއެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ ވޯޓުގައިގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 18 މެންބަރެކެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ނަމަވެސް ރައީސް އިބްރާހީމަށް ތާއީދު ނުކުރައްވާ މެންބަރުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އެ މައްސަލަ ބަލައިގަތުމާ ދެކޮޅު ހަދާފައިވަނީ ރައީސް އިބްރާހީމަށް ތާއީދު ކުރައްވާ 29 މެންބަރުންނެވެ.

މިކަމާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ މަޖިލީހުން ބޭރު ކޮށްލި އެ މައްސަލައަކީ ދިވެހި ދެ ރައްޔިތަކާއި ގުޅޭ މައްސަލަތަކެއްކަމަށާއި މިއީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

ޝިޔާމް ވަނީ އެ ކުއްލި މައްސަލަ ބަލައިނުގަންނަން ވޯޓުލީ މެންބަރުންގެ އެ އަމަލު ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުގައި އެ މައްސަލަ ބަލައި ނުގަތުމަށް އެ މެންބަރުން ވޯޓު ދީފައިވަނީ ރައީސް އިބްރާހީމްގެ އެންގެވުމަށެވެ.

މި ލިއުމާއި ގުޅޭ