Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ހަންކެޑެ މަޝްރޫއާއި ގުޅޭގޮތުން ރައީސް އިބްރާހީމް ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެ

އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީ ކުރާނެ ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެއެވެ.

މިދިޔަ މަހު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އާއި ގުޅިގެން އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް ވަނީ އައްޑޫ ސިޓީގެ ހަންކެޑެ މަޝްރޫއަށް ބޭނުންވާ ފައިސާ ހުރީ ހަމަޖެހިފައި ކަމަށެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން ކަމަށް ވިދާޅުވިއެވެ. އިންތިހާބަށް އެއް ދުވަހަށް ވެފައިވަނިކޮށް ހުކުރު ދުވަހެއްގެ ހެނދުނު ސަރުކާރުން ވަނީ އެ މަޝްރޫއު ކުރިއަށްދާނެ ގޮތް ކަމަށް ބުނެ ފޮޓޯތަކެއްވެސް އާންމުކޮށްފައެވެ.

އެހެން ނަމަވެސް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓުއަރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވަނީ އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން މީގެ ކުރިން ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއެވެ.

މި ސަރުކާރުން ހަމަޖައްސާފައިވަނީ ހަންކެޑެ ސަރަހައްދުގައި ބިދޭސީންނަށް ގެދޮރު ތައްޔާރުކޮށް ވިއްކުމަށެވެ. އެކަން ކުރަން ނިންމާ އިއުލާންކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް 8000 އެނދު ޤާއިމްކުރުމަކީ ރައީސް އިބްރާހީމްގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް މިހާރު އެ ސިޓީގައި ރައީސް އިބްރާހީމް ވެރިކަމާއި ހަވާލުވިއިރު ހުރި ވަރަށްވުރެ އެނދު މަދެވެ.

މި ލިއުމާއި ގުޅޭ