Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ މެމްބަރު އަހްމަދު ނިހާން

އެމްއައިބީ އަށް ދައްކަންޖެހޭ ދަރަންޏެއް ދެއްކި ކަމަށް ގާޒީއަށް ވިދާޅުވެވިފައިވަނީ ބަލަންވާ ވަރަށް ނުބެލުމުން: ނިހާން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 4 މިލިއަން ރުފިޔާގެ ދަރަނި ދައްކާ ހަލާސްކުރި ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް، އެ ފައިސާ ދައްކާފައިނުވާނެ ކަމަށާއި އެއީ ގާޒީއަށް އެރި އޮޅުމެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ނިހާން އާއި އޭނާގެ އެއްބަޑުއެއްބަފާ ބޭބެ، މުހައްމަދު އިނާން ހުސައިން މަނިކަށް އެމްއައިބީން 2016 ވަނަ އަހަރު ތެރޭ ދޫކުރި 4 މިލިއަން ރުފިޔާގެ "ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން" ފެސިލިޓީއަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން އެ ބޭންކުރުން އެ ދެބެއިންގެ މައްޗަށް ދައުވާ ކުރި އެވެ.

މި މައްސަލައިގައި މިދިޔަ މަހު 24 ވަނަ ދުވަހު ކޯޓުން ހުކުމްކޮށް، އެ ކޯޓުުގެ ވެބްސައިޓުގައި ޝާއިއުކުރި ހުކުމްގައި ބުނެފައިވަނީ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދައުވާ ބާތިލުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެ ގޮތަށް ކަނޑައެޅީ އެމްއައިބީން އެ ދެބެއިންގެ މައްޗަށް ދައުވާކުރުމާ ގުޅިގެން ފައިސާ އެއްކޮށް ދައްކާ ހަލާސްކޮށްފައިވާތީ މައްސަލަ އަނބުރާ ގެންދަން އެ ބޭންކުން ކޯޓަށް ސިޓީ ފޮނުވާފައިވާތީ ނިހާން އާއި އިނާންގެ ރުހުން ހޯދުމަށް ފަހު ކަމަށް، ހުކުމުގައި ބުނެފައިވެއެވެ.

ނިހާން ވިދާޅުވީ، ހުކުމް ކުރި ދުވަހު މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ "ބީ 14" ސެކްޝަނުން ވައިބާއިން އެ ހުކުމް އޭނާއަށް ފޮނުވި ކަމަށެވެ. ނަމަވެސް އޭރު އެ ހުކުމް ނުކިޔާ ކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ އަށް މިކަން އެނގުނީ، ނޫސްތަކުން ރިޕޯޓު ކުރުމުންކަމަށް ނިހާން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެހާ ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ދެއްކެވީ ކިހިނެއްތޯ ނޫސްވެރިއަކު ވަނީ ނިހާން އާ ސުވާލުކޮށްފައެވެ.

އެސުވާލުގެ ޖަވާބުގައި ނިހާން ވިދާޅުވީ "މިހާރު އެ ގަޒިއްޔާ ބައްލަވާލައްވާ ސިވިލް ކޯޓުގެ ވެބްސައިޓުން. 4.2 މިލިއަން ރުފިޔާ އަޅުގަނޑު ދައްކާފައި އޮތްތޯ. މި އޮޅުން އެރީ ނޫސްވެރިންނަކަށް ނޫން.. މިިދިޔަ މަހު 24 ވަނަ ދުވަހު ސިވިލް ކޯޓުގެ ވެބްސައިޓުގައި އަޕްލޯޑްކުރި ގަޒިއްޔާގައި ހުރީ ރޯ ނުބައި ވާހަކަތަކެއް. ކޯޓުގެ ފަނޑިޔާރު ގަޒިއްޔާ ބަލަންވާ ވަރަށް ނުބައްލަވާ ސޮއިކޮށްފައި ނެރުމުގެ ނަތީޖާއިން ތިބޭފުޅުން ލިޔުއްވި އެއްޗެއް ލިޔުނީ" ކަމަށެވެ.

ނިހާން ވިދާޅުވީ އެބޭފުޅާ އެވާހަކަ ނުދައްކާ ހުންނެވީ އެމައްސަލަ ޖޭއެސްސީއަށް ހުށަހަޅައިފި ނަމަ، އެގާޒީއަށް ސުލޫކީ ފިޔަވަޅު އަޅަން ޖެހޭ މައްސަލަ އަކަށް އެކަންވާތީ ކަމަށެވެ. "ބައްލަވާ ނުލައްވާ، ގަޒިއްޔާގައި ސޮއިކުރައްވާފައި އަޕްލޯޑްކޮށްފައި ވަނީ" ނިހާން ވިދާޅުވިއެވެ.

އެހުކުމް އެގޮތަށް އޮތުން ކޯޓުގައި ދެންނެވުމުން ފަހުން އެކަން އިސްލާހްކޮށް އަލުން އެ ހުކުމް ސައިޓުގައި އެކޯޓުން ވަނީ އާންމުކޮށްފައެވެ.

ސިވިލް ކޯޓުން ފަހުން އަޕްލޯޑް ކޮށްފައިވާ ހުކުމުގައި، އެ ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއިލް ކުރެއްވި އެ ހުކުމްގައި މިހާރު ބުނެފައިވާ ގޮތުގައި، އެމްއައިބީން މި މައްސަލަ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންއަށް ބަދަލު ކުރުމަށް ބޭނުންވާތީ، އެ ކޯޓުގެ މާލެ ޑިވިޝަނުން މި ދައުވާ އަނބުރާ ގެންދިޔުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު ތެރޭގައި ވަނީ އެދިފައެވެ.

އެބޭންކުން އެގޮތަށް އެދިފައިވާތީ، ނިހާން އާއި އިނާންގެ އިއުތިރާޒެއް ނެތްކަން އެ ކޯޓަށް އެންގި ކަމަށާއި، މަދަނީ އިޖުރާތުގެ ގާނޫނުގެ ދަށުން، ދައުވާ ކުރާ ފަރާތަށް، ދައުވާ އެކުގައި ނުވަތަ ދައުވާއިން ބައެއް އަނބުރާ ގެންދެވިދާނެ ކަމަށް ބުނެފައި ވެއެވެ. އެހެންވެ، އެ ކޯޓުން މި މައްސަލަ އިތުރަށް ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދައުވާ ވަނީ ބާތިލުކޮށްފައި ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ނިހާން ވިދާޅުވީ އެ ދަރަންޏަކީ ސީދާ އެބޭފުޅާއާއި ގުޅުމެއް އޮތް މައްސަލަ އެއް ނޫން ކަމަށެވެ. އެއީ އޭނާގެ ބޭބެ އިނާންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްމެދު އިމާރާތަކަށް ނެގި ލޯނެއް ކަމަށާއި އޭނާއާ މިކަން ގުޅެނީ އެ ދަރަންޏަށް ގެރެންޓީ ދިނުމުން ކަމަށް ނިހާން ވިދާޅުވި އެވެ.

"މިއީ ސީދާ މި ފަނޑިޔާރުގެ ބެލުން ކުޑަ ކަމުން ހިނގި ކަމެއް. ނުވާނެ އިންސާނުންގެ އަބުރާއި ކަރާމާތް މިހެން ދުއްވާލާކަށް،" ނިހާން ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި ނިހާން އަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ކުރީގެ ނައިބްރައީސް އަހްމަދު އަދީބު އަތުން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް މައްސަލަ ކޯޓުގައި އޮތް ފަރާތެކެވެ.

މި ލިއުމާއި ގުޅޭ