މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ކައިރިން މީހަކަަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 3:30 ހާއިރުއެވެ.
މިހަމަލާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން ނުވަތަ ނުކުރާކަން ފުލުހުން ހާމަނުކުރެއެވެ. އަދި އެ ހަމަލާގައި ޒަޚަމްވި މީހާއާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން މީޑިއާއާ ހިއްސާނުކުރެއެވެ.
ފުލުހުން ހަމައެކަނި ބުނެފައިވަނީ އެ ހަމަލާގައި ޒަޚަމްވި މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވި އެ ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާދެމުން އަންނަ ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ އެމައްސަލަ އެއިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.