ޖަޕާނު އަންހެނަކު މާލެ މަގުމަތީގައި ސަލާން ޖަހައިގެން މީހުން އަތުން ފައިސާ ހޯދަމުން ދާތީ، އެކަން ގިނަ ބައެއްގެ ސަމާލުކަމަށް ގެނެސްފި އެވެ.
އޭނާ ވަނީ މިއީ ކިހިނެއް ކޮންތާކުން އައިސްގެން އުޅޭ މީހެއްތޯ ބަލައި، އޭނާގެ ގައުމަށް އޭނާ އަނބުރާ ފޮނުވާލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވައިލައިފަ އެވެ. އެ ޓުވީޓަށް ކޮމެންޓުކުރި ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އެ އަންހެން މީހާއާއި އޭނާގެ ފިރިމީހާއަކީވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ.
އެ ޓްވީޓަށް ކޮމެންޓް ކުރި ބައެއް މީހުންވެސް ވަނީ، އެ މީހުންނާއި އެ އަންހެން މީހާއާ ދިމާވެފައިވާ ކަމަށް ބުނެފަ އެވެ.
އެ ޕޯސްޓަށް ކޮމެންޓް ކުރި އިތުރު މީހަކު ބުނެފައި ވަނީ، އެ އަންހެން މީހާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށާއި، އޭނާގެ ފިރިމީހާއަކީވެސް އޭގެ މީހެއް ކަމަށެވެ. އަދި ފައިސާ ހޯދަނީ ފިރިމީހާ ބުނެގެން އޭނާއާ ގުޅިގެން މަސްތުވާތަކެތި ގަންނަން ކަމަށެވެ.