Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއެމްއޭ

އެމްއެމްއޭ އަށް ހަތަރު ޕްރިންޓަރު ހޯދަނީ

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހަތަރު ޕްރިންޓަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އެ އޮތޯރިޓީން އިއުލާންކޮށްފި އެވެ.

އެމްއެމްއޭގެ އިއުލާންގައި ބުނީ އެ ޕްރިންޓަރުތައް ހުންނަންވާނީ އެ އޮތޯރިޓީން ދޭ މައުލޫމާތާ އެއްގޮތަށް ކަމަށެވެ.

އެހެންކަމުން އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސުންގަޑި ހަމަވުމުގެ ކުރިން، އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށް، މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެމްއެމްއޭ އިން އެދެ އެވެ.

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި އަކީ މި މަހު 21 އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މާޗު މަހު 1 ގެ 11:00 ގަ އެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓާވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
މި ލިއުމާއި ގުޅޭ