Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރުތަައް

ހާރިސްގެ މަރުގެ މައްސަލާގައި ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ހައިކޯޓަށް

ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން 2017 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ހާރިސް ޢަބްދުލްޣަފޫރު މަރައިލި މައްސަލާގައި ދައުލަތުން ދައުވާކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

2017 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުގައި ހިނގި މި ޤަތުލާ ގުޅިގެން ދައުވާކޮށްފައިވަނީ ޏ.ފުވައްމުލަކު، ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިމުނު ޑިސެންބަރު މަހުއެވެ.

މި މައްސަލާގައި ޔާމީނުގެ މައްޗަށް ދައުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ އެ މައްސަލާގައި ހެކިބަސްދިން ހެކިވެރިންނަށް މަންޒަރު ނުފެންނަކަމަށް ބުނުމާ ގުޅިގެންނެވެ. އަދި އެ މައްސަލާގައި ހެކިވެރިންގެ ގޮތުގައި ދައުލަތުން ހުށަހެޅި ގިނަ ސިއްރު ހެކިވެިރން ހެކިބަސް ދިނުމަށް އުޒުރުވެރިވުމާ ގުޅިގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ އެ މައްސަލާގައި ކުށް ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. ދައުލަތުގެ އިސްތިއުނާފު ބަލައިގަތުމާމެދު އަދި ހައިކޯޓުން ގޮތެއް ނުނިންމައެވެ.

ފުލުހުން ބުނެފައިވާ ގޮތުން ހާރިސްގެ މަރަކީ ކުރިން ހިނގި މާރާމާރީއެއްގެ ބަދަލު ހިފުމަށް ހިންގި މާރާމާރީއެކެވެ.

މި ލިއުމާއި ގުޅޭ