Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ޑްރަގާއެކު އަންނަ މީހުން ފޮނުވާލާ ގަވާއިދު: މެންބަރުންގެ ރުޅިގަނޑު އަލީ ޒާހިރަށް!

މަސްތުވާތަކެއްޗާއެކު ރާއްޖެ އެތެރެވާން އުޅޭ ބިދޭސީން ހައްޔަރު ނުކޮށް އަނބުރާ ގައުމަށް ފޮނުވާލެވޭ ގޮތަށް ގެޒެޓްކޮށްފައިވާ ގަވާއިދާ ގުޅިގެން، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް، މަޖިލިސް މެންބަރުންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފި އެވެ.

ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކު ކުރެވޭ ހާލަތުތަކުގައި އެ މީހަކާ މެދު އަމަލު ކުރާނެ ގޮތުގެ ގަވައިދުގައި ވަނީ މަސްތުވާތެކެތި އަތުލުމަށްފަހު ބިދޭސީންނަށް ފިޔަވަޅު ނާޅައި އަނބުރާ ގައުމަށް ފޮނުވާލެވޭ ގޮތަށެވެ.
އެ ގަވާއިދުގައި ހުރި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ތައާރުޒުވާ ބައިތައް އުނި ކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރު ކޮށްލުމަށް އެމްޑީޕީން ވިޕެއް ނެރެފައި ވަނިކޮށް، އެ މައްސަލަ މަޖިލިހުގައި ކުރިއަށް ގެންދަން ވަނީ ފާސްކޮށްފަ އެވެ.
އެ މައްސަލައަށް ބަހުސްކުރަމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ތުހުމަތުކުރެއްވި ގޮތުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އެންޑޯޒްކޮށްގެން އެ ގަވާއިދު ގެޒެޓްކޮށްފައިވަނީ ރާއްޖޭގައި "އަޑީ ދައުލަތެއް" ހިންގުމުގެ ތެރެއިންނެވެ.
"މިފަދަ ގަވާއިދެއް ހަގީގަތުގައި ރައީސް އޮފީހުން ގެޒެޓް މި ކުރެވެނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އެންޑޯޒްކޮށް، ނޫނީ އޭގައި ސޮއިކޮށްގެން ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން. އެހެންވީމަ މި ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރި ކުރުމަކީ ސަރުކާރުގެ ތެރޭގައި ނޫނީ މި ރާއްޖޭގައި އެހެން ދައުލަތެއް ހިނގާކަން ވަރަށް ބޮޑަށް ސާފުވެގެންދާ ކަމެއް،" އާޒިމް ވިދާޅުވި އެވެ.
އަދި އެ ގަވާއިދާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލަން އެމްޑީޕީން ވިޕް ނެރުމަކީ އެކަމަށް ހިތްވަރުދޭ މެންބަރުން މަޖިލީހުގެ ތެރޭގައިވެސް ތިބިކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
".. މި ބަހުސްގައި ބައިވެރިވިޔަ ނުދިނުމަށްޓަކައި ރެޑް ވިޕެއް ނެރި، އެކަމަށް ބަހުސް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމުގައި ދެކި، ވިޕްލައިން އަންނަ އައުމަކީ މިކަންކަމުގައި މިތަނުގެ [މަޖިލީހުގެ] ތެރެއިންވެސް ބަޔަކު އަޑީ ދައުލަތަކޭ މިކިޔާ ތަނުގައި ބަޔަކު ބައިވެރިވާކަން،" އާޒިމް ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވެސް ވަނީ އެ މައްސަލައަށް ބަހުސްކުރައްވަމުން ޒީފް އޮފް ސްޓާފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފެ، ތުހުމަތުތައް ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސިޔާސަތުތަކާ ހިލާފަށް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރެވޭ ގޮތަށް ގަވާއިދު ގެޒެޓްކޮށްފައިވަނީ ސީދާ އަލީ ޒާހިރުގެ ބެލުމުގެ ދަށުންނެވެ.

"ރޭވިގެން ތަރުތީބުން ދައުލަތަކުން ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ ކަންބޮޑުވާންޖެހޭނެ ކަމެއް. ގަވާއިދަކަށް ބަދަލު ގެނެސްގެން މިކަން މިކުރާ ސަބަބަކީ މައިގަނޑު ގޮތެއްގައި ދައުލަތަކުން ގުޅިގެން މި ވިޔަފާރި ރާއްޖޭގެ އެތަން މިތާންގައި ފެތުރުން،" ޝިޔާން ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު އިހުމާލެއް، މީ ރައީސް އޮފީހުގެ ތެރެއިން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހަމަ ކަނޑައެޅިގެން އެނގިހުރެ. ގެޒެޓެއް ނުކުރާނެ އަލީ ޒާހިރަށް ނޭނގިއެއް. އަލީ ޒާހިރުގެ ސޮޔާ އެކީގަ ނޫނިއްޔާ ރައީސް އޮފީސް ތެރެއިން ގެޒެޓެއް ނުކުރާނެ. އެހެންވީމަ މިއޮތީ ވަރަށް ބޮޑު އިހުމާލެއް،" ޝިޔާން ވިދާޅުވި އެވެ.
އޭނާ ވަނީ އެފަދަ ގަވާއިދެއް އެކުލަވާލައި ގެޒެޓްކުރުމުގައި ޝާމިލްވި ހުރިހާ ފަރާތްތަކާ ދޭތެރޭ ތަހުގީގު ހިންގައި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ސަރުކާރަށް ގޮވައިލައިފަ އެވެ.
މި ލިއުމާއި ގުޅޭ