Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ބާސެލޯނާ ހުއްޓުމެއް ނެތި ކުރިއަށް، މިހާރު 11 ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ރަށުން ބޭރުގައި ވިޔަރެއާލް 1-0 އިން ބަލިކޮށް ލީގު އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު 18 ވަނަ މިނެޓުގައި ޖެހީ މިޑްފީލްޑަރު ޕެޑްރީ އެވެ. މިއީ ޕެޑްރީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ޖެހި ހަތް ވަނަ ގޯލެވެ.

ބާސެލޯނާ އެއްވަނައިގައި އޮތީ 21 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 20 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. 39 ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑް ތިންވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތީ 38 ޕޮއިންޓް ލިބިފައިވާ އެތުލެޓިކޯ މެޑްރިޑެވެ.

ރޭގެ މެޗުގައި ވިޔަރެއާލްގެ ފްރެންސިސް ކޮކެލިން އަށް އަނިޔާވެ ވަނީ ބަދަލުކޮށްފަ އެވެ. ރިޕޯޓުތައް ބުނާގޮތުން މި އަނިޔާއާ ގުޅިގެން އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. މެޗުގައި ވިޔަރެއާލްގެ އަލެކްސް މޮރަލޭސް އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ.

ލީގުގައި ޖެހިޖެހިގެން ހޯދި ހަ ވަނަ މޮޅަށް ފަހު ބާސެލޯނާ އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ޔޫއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ލީގުގައި ބާސެލޯނާއާ ވާދަކުރަމުން އަންނަ ރެއާލް މެޑްރިޑް މި ހަފްތާ ވާދަކޮށްފައިވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގަ އެވެ. ފައިނަލުގައި ސައުދީ އަރަބިއާގެ އަލް ހިލާލް ބަލިކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ސްޕެނިޝް ލީގުގައި ރެއާލް ދެން މެޗެއް ކުޅޭނީ ބުދަ ދުވަހު އެވެ. އެ މެޗުގައި ރެއާލް ނުކުންނާނީ އެލްޗޭއާ ދެކޮޅަށެވެ.

މި ލިއުމާއި ގުޅޭ