Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެތުލެޓިކްސް

އިންޑޯ 60 މީޓަރުގެ ދުވުމުގެ ޤައުމީ ރެކޯޑު މުގުރާލައިފި

އިންޑޯ 60 މީޓަރު ދުވުމުގެ ޤައުމީ ރެކޯޑު މަރިޔަމް ރޫޔާ އަލީ މުގުރާލައިފިއެވެ.

ރޫޔާ މި ރެކޯޑު މުގުރާލާފައިވަނީ ކަޒަކްސްތާނުގެ އަސްޓާނާގައި މިހާރު ކުރިއަށްދާ އޭޝިއަން އިންޑޯ އެތްލެޓިކްސް ޗެމްޕިއަންޝޕްގައި ދުވެއެވެ. 60 މީޓަރުގެ ދުވުން ރޫޔާ ނިންމާފައިވަނީ 7.66 ސިކުންތުންނެވެ. މި ރޭހުގައި ރޫޔާ ގޮސްފައިވަނީ 5 ވަނައަށެވެ.

ރޫޔާގެ އިތުރުން ދިވެހިރާއްޖޭގެ އަހުނާ ނިޒާރުވެސް މި މުބާރާތުގައި ބައިވެރިވެއެވެ. މުބާރާތުގައި ފުރަތަމަ ދުވީ އަހުނާއެވެ. އަހުނާވަނީ 7.89 ސިކުންތުން ރޭސް ނިންމައި ޤައުމީ ރެކޯޑު ހަދާފައެވެ. އަދި އޭގެ ގަޑިއެއްހާއިރު ފަހުން ރޫޔާ އެ ރެކޯޑު މުގުރާލިއެވެ.

ރޫޔާ އަކީ ދިވެހިރާއްޖޭގައި އަރަމުން އަންނަ ޒުވާން އެތުލީޓެކެވެ. ދާދިފަހުން ބޭންކް އޮފް މޯލްޑިވްސް އިން ސްޕޯޓްސް ސްކޮލަރޝިޕް ދިން ފަރާތްތަކުގެ ތެރޭގައިވެސް ރޫޔާ ހިމެނުނެވެ. އެ ސްކޮލަރޝިޕްގެ ދަށުން ޖެމައިކާގެ ކިންގްސްޓަންގެ ހައި ޕަރފޮމެންސް ޓްރެއިނިން ސެންޓަރުގައި ރޫޔާ ތަމްރީނު ވާނެއެވެ.

މި ލިއުމާއި ގުޅޭ