Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޕީއެމް

އިންޑިއާގައި ހުއްޓާ ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް ހައްޔަރުކޮށްފި

އިންޑިއާގެ ބެންގަލޫރުގައި ބޭސްފަރުވާއަކަށް ގޮސް ހުއްޓާ، ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދު (ސަމަދުބެ) ހައްޔަރުކޮށްފިއެވެ.

ސަމަދުބުގެ ގާތް މީހަކު "ދިޔަރެސް" އަށް މައުލޫމާތު ދިން ގޮތުގައި ސަމަދުބެ މިއަދު ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގައި ހުއްޓާ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުން ވަނީ އެތަނަށް ގޮސް ސަމަދުބެ އެތަނުން ގެންގޮސްފައި ކަމަށެވެ.

"އެމީހުން ބުނި ކަމަށްވަނީ ސަމަދުބެ ޕާސްޕޯޓުގައި މައްސަލައެއް ހުރިކަމަށް. އަދި ޑިޕޯޓުކުރަން ގެންދަނީ ކަމަށް ބުނި" އެ މީހާ މައުލޫމާތު ދިނެވެ.

ސަމަދުބެ އަކީ ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ.

އިންޑިއާއަށް އެކި ބޭނުންތަކުގައި ދާ ދިވެހިންނަށް އިންޑިއާއިން މިފަދަ ގޮތްގޮތަށް ޖެއްސުންކޮށް ފިއްތުންތައް ކުރިމަތިކުރުމަކީ އާންމުކަމެކެވެ.

މި ލިއުމާއި ގުޅޭ