Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަން

ރާއްޖޭގެ ހުރިހާ ރަށަކާ ބެހޭ މައުލޫމާތު ޒުވާން މަސްވެރިޔާގެ ޔޫޓިއުބް ޗެނަލުން!

ދިވެހިންގެ ދިރިއުޅުން ނުވަތަ ރަށްރަށުގެ ދިރިއުޅުމުގެ ވައްޓަފާޅިޔާއި އާދަކާދަތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކާންބޯން ކުރާ އެހެނިހެން މަސައްކަތްތައް ނުވަތަ ރަށެއްގެ ހުރިހާ ވާހަކަތަކަކީ އެއްތަނަކުން ލިބެން ހުންނަ މައުލޫމާތު ތަކެއް ނޫނެވެ.

ޓެކްނޮލޮޖީގޮތުން ކުރިއަރާފައިވީ ނަމަވެސް އެއްރަށުގެ ކަންކަން އަނެއް ރަށެއްގައި ތިބެ ބަލާލުމަށް ބޭނުން ނަމަ ޖެހެނީ އެކިއެކި ސައިޓްތަކާއި "ޔޫޓިއުބް ޗެނަލް" ތަކަށްވަދެ އެފަދަ މައުލޫމާ ހޯދާށެވެ. ނޫނީ އެރަށް ރަށަށް ޒިޔާރަތް ކޮށްގެންނެވެ. ރަށްރަށް ބަލާލުމަށް ނުވަތަ މައުލޫމާތު ހޯދަން ކުރަން ޖެހޭ ދަތުރަކީ ވެސް ވަކި ކުޑަ ޚަރަދެއް ވެސް ނޫނެވެ.

ނަމަވެސް ރާއްޖޭގެ ރަށްރަށުގެ މައުލޫމާތާއި އެރަށް ރަށް އެކުލެވިގެންވާ ގޮތް އެނގެން ބޭނުންވާ ވަރަށް ގިނަ މީހުން އެބައުޅެވެ. މިފަދަ މީހުންގެ އިތުރުން ނޫސްވެރިންނާއި ސަރުކާރުގެ ވުޒާތަކާއި ރާއްޖެ ބަލާލަން ބޭނުންވާ ޓުއަރިސްޓުންނަށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ރާއްޖޭގެ ހުރިހާ ރަށަކާ ބެހޭ މައުލޫމާތު އެއްތަނަކުން ލިބޭނެ މަގު ޒުވާނަކު އިސްނަގައިގެން އެމަސައްކަތް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.

ޒުވާން މަސްވެރިޔާގެ ނަމުން އެތައްބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ރާއްޖޭގެ ދެކުނަށް ނިސްބަތްވާ، ގއ. ގެމަނަފުށި، ހަސަން ސާޖިން މިވަނީ އޭނާގެ ޔޫޓިއުބް ޗެނަލުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައުލޫމާތު ލިބޭނެ ގޮތް ތަނަވަސްކޮށްދީފައެވެ. އެގޮތުން އޭނާ މި ދަތުރު ފެށީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނުންނެވެ. ދަތުރު ނިންމާމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެންމެ ދެކުނު ކަމަށްވާ އައްޑޫގެ ހުރިހާ ރަށަކާބެހޭ މައުލޫމާތު ގެނެސްދިނުމަށްފަހުއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މި ގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ދިރިއުޅުމުގެ ވައްޓަފާޅިޔާއި އާދަކާދަތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކާންބޯން ކުރާ އެހެނިހެން މަސައްކަތްތައް ނުވަތަ ރަށެއްގެ ހުރިހާ ވާހަކަތައް އެއްތަނަކުން ގެނެސްދިނުމަށް ފެށި ފުރަތަމަ ޕްރޮޖެކްޓެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެމުން ސާޖިން ބުނީ އޭނާ މި މަސައްކަތް ކުރުމަށް އިސްނެގީ ރާއްޖޭގެ ބައެއް ރަށްރަށުގައި، މިސާލަކަށް ދެކުނުގެ ރަށެއްގައި ދިރިއުޅޭ މީހަކަށް ހއ. ތުރާކުނޭ ބުނީމަ އެއީ ކިހިނެއްވާ ރަށެއްކަން އެރަށާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާތީއެވެ. ނަމަވެސް ތުރާކުނުގެ ރީތިކަމާއި އެރަށުގެ މީހުންގެ ހިތްހެޔޮކަން އެނގި އެރަށް ބަލާލުމުގެ ޝައުގު އުފެދި ޗުއްޓީހޭދަކުރުމަށް ނުވަތަ އެކި އެކި ވިޔަފާރިތަކަށް ވެސް މިކަމުގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެތީ ކަމަށެވެ.

"އަޅުގަނޑުގެ ޔޫޓިއުބް ޗެނަލް އަށް ވަނީމަ އެނގޭގެ ވަކި ވަކި ރަށްރަށާބެހޭ މައުލޫމާތު، އެގޮތުން މިސާލަކަށް އެރަށުގައި ހުންނަ އާސާރީ ތަންތަނާއި، ކާން ބޯން ކުރާ މަސައްކަތްތަކާއި، ރަށުގެ އާބާދީ އާއި، ރަށުގައި ދިރިއިއުޅޭ އާބާދީއާ އަދި އެރަށްރަށުގެ ފޮޓޯ އާއި ވީޑިއޯތަށް ބަލާލާ ހިތްވާ ކަހަލަ ގޮތަކަށް ފެނިގެން ދާނެ" ކަމަށެވެ.

ސާޖިންގެ މި ދަތުރުގައި ރަށް ރަށާއި ބެހޭ މައުލޫމާތުތަކުގެ އިތުރުން މަސްވެރިކަމަށް ޚާއްސަ ކޮށްގެން މަސްވެރިކަމާ ގުޅޭ މައުލޫމާތު ހިމެނޭ ރިޕޯޓުތަކެއް ވެސް ތައްޔާރު ކުރަމުންދާކަމަށެވެ. މި ވީޑިއޯތަކުގައި އެރަށް ރަށުގެ އިސްރަށްވެހިންނާއި މަސްވެރިންނާއި ކައުންސިލްތަކާއި ބައްދަލުކޮށް އެމީހުންގެ ވާހަކަތައް ގެނެސްދީ މަސްވެރިކަމުގައި އޭނާއަށް ލިބިފައިވާ ތަޖުރިބާ އެފަރާތްތަކަށް ވެސް ހިއްސާ ކުރާނެ ކަމަށް ސާޖިން ބުންޏެވެ.

މިދަތުރުގައި މިހާތަނަށް ހަތަރު ރަށަށް ޒިޔާރަތް ކުރެވިއްޖެ ކަމަށް ސާޖިން މައުލޫމާތު ދެއެވެ. ސާޖިންގެ އުންމީދަކީ އޭނާ މި ފެށި ދަތުރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބި އަދި މި މައުލޫމާތު ތަކުގެ ސަބަބުން ގިނަ ބަޔަކަށް ލުއި ފަސޭހަ ވެގެން ދިއުމެވެ. ސާޖިން ބުނީ ރާއްޖޭގެ ހުރިހާރަށަކަށް ގޮސް އެރަށް ރަށުގެ މައުލޫމާތު އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އަބަދުވެސް އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ