Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޓްމޮސްފިއަރ ފައުންޑޭޝަން

އިސްރަށްވެހިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އެޓްމަސްފެއާ ފައުންޑޭޝަނުގެ ހާއްސަ ޕްރޮގުރާމްތަކެއް

އިސްރަށްވެހިންނާއި އެމީހުންގެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އޭޖެޑް ކެއާ މޯލްޑިވްސްއާއި އެޓްމަސްފެއާ ފައުންޑޭޗަން ގުޅިގެން ޚާއްޞަ އައުޓްރީޗް ޕްރޮގުރާމުތަކެއް ފަށައިފިއެވެ. މުސްކުޅިވުމާ ގުޅިފައިވާ ނަފުސާނީ އަދި ޖިސްމާނީ ގޮންޖެހުންތަކަށް ރިއާޔަތްކޮށް އެކަންކަމުން އަރައިގަތުމަށް ބޭނުންވާ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅި ޕްރޮމޯޓުކޮށް، ދާއިމީ ގޮތެއްގައި ކަސްރަތުކުރުމަށް ހިތްވަރުދީ ދުވަސްވީ މީހުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތައް، ކުރިއާލައި ދެނެގަންނާނެ ގޮތްތައް ދަސްކޮށްދިނުމަަކީ މި ޕްރޮގުރާމުތަކުގެ އަމާޒެކެވެ.

މި ޕްރޮގުރާމުތަކުގެ ތެރެއިން ފުރަތަމަ އައުޓްރީޗް ޕްރޮގުރާމު ހއ.އުލިގަމުގައި 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ކުރިއަށް ގެންދިޔައިރު، އެ ޕްރޮގުރާމަށް އެ ރަށުން ހޫނު މަރުހަބާއެއް ލިބުނެވެ. މި ޕްރޮގުރާމު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މުޖުތަމައުތައް ބާރުވެރިކޮށް، ދުޅަހެޔޮ ނިންމުންތައް ނިންމައި، މިހާރަށްވުރެ ހަރަކާތްތެރިކޮށް އުޅުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށެވެ.

އެގޮތުން ގެދޮރުން ނުނިކުމެވޭ ހާލަތުގައި ތިބޭ އަދި އެދުމަތިވެފައިވާ ދުވަސްވީ މީހުންނަށް އަޅައިލާނެ ގޮތްތަކުގެ މައުލޫމާތު ފޯރުކޮށްދީ، ދުވަސްވީ މީހުންނާ ގުޅުންހުރި ތަފާތު މައްސަލަތަކުގެ މައުލޫމާތު ރަށުގެ ރައްޔިތުންނާއި ކައުންސިލުތަކަށް މި ޕްރޮގުރާމުގައި ފޯރުކޮށްދެއެވެ.

ދުޅަހެޔޮކަމާއެކު އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމުގެ ކަންކަން ކުރިއަށްގެންދިއުމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހދ.މަކުނުދޫގައި ކުރިއަށްގެންދިޔަ ޕްރޮގުރާމަކަށް އެޓްމަސްފެއާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ވަރަށް ފަހުން އެހީތެރިކަން ފޯރުކޮށްދިނެވެ.

އޭޖެޑް ކެއާއާއި މަކުނުދޫ ކައުންސިލާއި އެ ރަށު ސިއްހީ މަރުކަޒު ގުޅިގެން މި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހަށް ބޭއްވި މި ޕްރޮގުރާމުގައި އައިކެއާއާއި ހުޅުމާލޭ ހޮސްޕިޓަލުގެ ޓީމުތަކެއް ބައިވެރިވެ، އެ ރަށުގެ އިސްރަށްވެހިންގެ އާބާދީއަށް އަސާސީ ޞިއްޙީ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދީފައިވެއެވެ.

އެޓްމަސްފެއާ ފައުންޑޭޝަނަކީ "މާދަމާ ޔަގީންކޮށްދިނުމު"ގެ ތަސައްވުރަކާއެކު ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ނަން-ޕްރޮފިޓް އެންޖީއޯއެކެވެ. އެ ޖަމްއިއްޔާގެ ބޭނުމަކީ ރާއްޖޭގެ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެހީތެރިކަމަށް ބޭނުންވާ މީހުންގެ ދިރިއުޅުމަށް ހެޔޮ އަސަރެއް ކުރުވުމެވެ.

މި ލިއުމާއި ގުޅޭ