Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ރެޑްކްރެސެންޓު

ޖަޕާނުން އެމްއާރުސީއަށް އިމަޖެންސީ ރެސްޕޯންސް އުޅަނދުތަކެއް ހަދިޔާކޮށްފި

ޖަޕާނުގެ ސަރުކާރުން މޯލްޑިވިއަން ރެޑް ކެރްސެންޓްއަށް (އެމްއާރުސީ) 4،381،452 ޖަޕަނީސް ޔެންގެ ހިލޭ އެހީ ދީފިއެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޓަކެއުޗީ މިޑޯރީއާއި އެމްއާރުސީގެ ސެކްރެޓްރީ ޖެނެރަލް ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން ލިބޭ ފައިސާ ހަރަދުކުރާނީ އިމަޖެންސީ ސަޕޯޓް އުޅަނދުތަކާއި، ފެންބޮޑުވެފައިވާ ތަންތަނުން ފެން ނައްތާލުމުގެ ވަސީލަތްތައް، ކުޅުދުއްފުށީގައި ހުންނަ އެމްއާރުސީ އޮފީހަށް ގަތުމަށެވެ.

ގަންނަން ހަމަޖެހިފައިވާ އުޅަނދަކީ ޓޮޔޯޓާ ހިލަކްސް 4 ޑްބަލިއު ޑީ ޑަބަލް ވެހިކަލްއެކެވެ. މި އުޅަނދު ބޭނުންކުރާނީ ފެންބޮޑުވާ ކާރިސާތަކުގައި ކުއްލި އެހީ ފޯރުކޮށްދިނުމަގަޔާއި، އެހެނިހެން ކާރިސާތަކުގަޔާއި، އަދި އެކްސިޑެންޓްތަކުގައެވެ. މީގެ އިތުރުން، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ނައްތާލުމުގެ ވަސީލަތްތަކާއި، ފެން ޕަމްޕްތަކާއި، އަދި ފެންޖަހާ ހޮޅިތައްވެސް ގަންނަން އޮތީ ހަމަޖެހިފައެވެ.
ކުޅުދުއްފުށީގައި ހުންނަ އެމްއާރުސީއަށް ލިބިގެންދާ ގްރޭންޓްއަކީ، ރާއްޖޭގައި ހުންނަ ޖަޕާޏުގެ އެމްބަސީއިން ތަންފީޒުކޮށްފައިވާ ޖަޕަނީސް އޮފިޝަލް ޑެވެލޮޕްމެންޓް އެސިސްޓެންސްގެ (އޯޑީއޭ) ތެރެއިންވާ ގްރޭންޓް އެސިސްޓެންސް ފޮ ގްރާސް-ރޫޓްސް ހިއުމަން ސެކިއުރިޓީ މަޝްރޫއު (ޖީޖީޕީ) ގެ ދަށުން ދެވޭ ގްރޭންޓްއެކެވެ. މި މަޝްރޫއުގެ މަގްސަދަކީ ގްރާސްރޫޓްސް ފެންވަރެއްގައި މަސައްކަތް ކުރާ މީހުންނަށް އެއްބާރުލުން ދިނުމެވެ. 1996 އިން ފެށިގެން ތައުލީމީ، ތިމާވެށި، ސިއްހީ، ދަތުރު ފަތުރު، އަދި ހަކަތައިގެ އިދާރާ ތަކުގައި މި މަޝްރޫއު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޖަޕާނުގެ ސަރުކާރުން ދީފައިވާ ގްރޭންޓްގެ ދަށުން ކުޅުދުއްފުށީގައި ހުރި އެމްއާރުއެސްއަށް ކާރިސާތަކާއި ކުރިމަތިލެވޭނެ ވަސީލަތްތަކާއި، އުޅަނދުތައް ލިބިގެންދާނެއެވެ. ނަތީޖާއެއްގެގޮތުން، އެފަދަ ކާރިސާތަކުގައި ބޮޑެތި ގެއްލުންތައްވުމުގެ ކުރިން ހާލާތު ކޮންޓްރޯލްކޮށް، ރަށުގެ ރައްޔިތުން ސަލާމަތަށް ގެންދިއުމުގައި އަޅާނެ ފިޔަވަޅުތައް ފަސޭހަކަމާއިއެކީގައި އެޅިގެންދާނެއެވެ.
މި ލިއުމާއި ގުޅޭ