Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖީއެސްޓީ

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމުން ދައުލަތުގެ އާމްދަނީ އިތުރުވެއްޖެ

މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމުން ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން 2 ފެބްރުއަރީ 2023 ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 2.9 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން މިއީ ގާތްގަނޑަކަށް 900 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އާމްދަނީގެ ވަކިވަކި ބައިތަކަށް ބަލާއިރު ޖީއެސްޓީގެ ގޮތުގައި 405 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖީއެސްޓީގެ ގޮތުގައި ލިބުނީ 298 މިލިއަން ރުފިޔާއެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި 781 މިލިއަން ރުފިޔާއެވެ. ޖީއެސްޓީ އަދި ޓީޖީއެސްޓީ ނަގާ ރޭޓު ބޮޑުކުރީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

މި ބަދަލާއި އެކު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ރައީސް އިބްރާހީމްގެ ވެރިކަމުގެ ފަހު ދުވަސްތައް ގުނަމުންދާއިރު ޓެކްސް ބޮޑުކުރުން ފިޔަވައި ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު ކަމެއް ކުރެވިފައިނުވެއެވެ. އެހެން ނަމަވެސް ދައުލަތުގެ ހަރަދު ވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.

މި ލިއުމާއި ގުޅޭ