Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލިފާނުގެ ޙާދިސާ

ތިން އަހަރު ކުރިން ގައި މަޖީދީމަގުގައި ޤާއިމުކުރަން ފެށި ފަޔާ ހައިޑްރަންޓުގެ މަސައްކަތް އަދިވެސް ނުނިމޭ

2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި މާލޭގެ މަޖީދީ މަގުގައި ހަރުކުރަން ފެށި ފަޔާ ހައިޑްރަންޓުގެ މަސައްކަތްތައް އަދިވެސް ނިންމައިނުލެވޭކަން ހާމަވެއްޖެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން އައިމަން ލަތީފު (ޕިކޯ)ވަނީ 2020 ވަނަ އަހަރު މާލޭގައި ފަޔާ ހައިޑްރަންޓް ބެހެއްޓުމަށް ފެށި މަޝްރޫޢުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ތަފުސީލުތައް ހޯދުމަށް އެދިފައެވެ.

އެގޮތުން މިހާރު މަޖީދީ މަގުގައި ހުރި ފަޔާ ހައިޑްރަންޓުތައް އަލިފާނުގެ ހާދިސާއެއް ހިނގާ ވަގުތުގައި ބޭނުންކުރެވޭނެތޯއާއި، ރޫޓިންކޮށް އެ ފަޔާ ހައިޑްރަންޓުތައް ޓެސްޓުކުރެވޭތޯއާއި ޓެސްޓުކުރެވޭނަމަ އެކަމުގެ ތަފުސީލު ބަޔާންކޮށްދިނުމަށް އައިމަން އެދުނެވެ. އަދި އެ ހައިޑްރަންޓުތައް ޕްރެޝަރައިޒް ޓެސްޓުކުރެވިފައިވާނަމަ އެ ޓެސްޓުތަކުގެ ނަތީޖާ ހޯދުމަށްވެސް އޭނާ އެދުނެވެ.

2019 ވަނަ އަހަރު ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު އަލިފާނުގެ ހާދިސާތައް ކުރިމަތިވާ ހާލަތުގައި އަލިފާން ނިއްވައިލުމުގެ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ސަރުކާރުން ބުންޏެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ޑިސެންބަރުގައި މިނިސްޓްރީ އޮފް ޕްލޭނިންއާއި އެމްޑަބްލިއުއެސްސީއާއި އެމްއެންޑީއެފު ގުޅިގެން ފަޔާ ހައިޑްރަންޓު ޤާއިމުކުރުމުގެ މަޝްރޫޢެއް ހިންގަން ފަށައިފައިވާކަން ސަރުކާރުން އިއުލާނުކުރިއެވެ. އެ މަޝްރޫޢުގެ ދަށުން މަޖީދީމަގުގައި 12 ފަރާ ހައިޑްރަންޓު ޤާއިމުކުރުމަށް ނިންމާފައިވާކަމަށް އެއިރު އެމްއެންޑީއެފުން ބުންޏެވެ.

އެއިރު އެމްއެންޑީއެފުން ބުނެފައިވަނީ މަޖީދީމަގުގައި ޤާއިމުކުރަން ނިންމާފައިވާ ހައިޑްރަންޓުތަކުގެ ތެރެއިން 3 ހައިޑްރަންޓެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އެއީ މާފަންނު މަދުރަސާއާއި މާފަންނު ސަހަރާއާއި، މަޖީދީމަގު ޝާއިރުވާދީ ކައިރީ ހަރުކުރާ ހައިޑްރަންޓުތަކެވެ.

އެމްއެންޑީއެފުން އެއިރު ބުނެފައިވަނީ އެ މަޝްރޫޢަކީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި އެކީ ނިންމައިލެވޭނެ މަޝްރޫއެއް ކަމަށެވެ.

ނަމަވެސް އައިމަންގެ މަހޯލި ފޯމަށް މިނިސްޓްރީ އޮފް ޑިފެންސުން ދިން ޖަވާބުގައި ބުނެފައިވަނީ އަދި މިހާތަނަށް ޤާއިމުކޮށްފައިވާ ފަޔާ ހައިޑްރަންޓުތައް އެމްޑަބްލިއުއެސްސީގެ މެއިން ވޯޓާ ލައިނާ ގުޅުވައިލުމުގެ މަސައްކަތުގެ ތެރެއިން ނިމުނީ ފުރަތަމަ ކަނެކްޝަންގެ މަސައްކަތް ކަމަށެވެ.

އަދި ދެވަނަ ކަނެކްޝަންގެ މަސައްކަތް ނުނިމޭކަމަށާއި، އެ މަސައްކަތް ނިމުމުން އެ ހައިޑްރަންޓުތައް ބޭނުންކުރުމަށް ހަދަންޖެހޭ ޓެސްޓުތަކުގެ ފޭސް 2ގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޓެސްޓިން ފޭސްގެ މަސައްކަތް ނިމުމުން ވަރަށް ކައިރި މުސްތަޤުބަލެއްގައި ފަޔާ ހައިޑްރަންޓުގެ ބޭނުންހިފޭނެކަމަށް ޑިފެންސުން ބުންޏެވެ.

2019 ވަނަ އަހަރު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވިއިރު، ފާއިތުވި އަހަރުގައި ގަރާޖެއްގައި އަލިފާން ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި އެ ގަރާޖު މަތީގައި ހުރި ލޭބާ ކުއާޓާއެއްގައި ދިރިއުޅުނު 10 ބިދޭސީން މަރުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ