Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

ރައްކާތެރިކަމާއެކު އިންޓަނެޓު ބޭނުންކުރާނެ ގޮތް ކިޔައިދޭން އުރީދޫގެ 'ސައިބާ ރައްކާ' މާދަމާ

ރައްކާތެރިކަމާއެކު އިންޓަނެޓު ބޭނުން ކުރުމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ސައިބާ ރައްކާ" ގެ މި އަހަރުގެ ފުރަތަމަ ސެޝަން މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

ސައިބާ ރައްކާ ޕްރޮގުރަމަކީ 2021، އިން ފެށިގެން ވިމެން އިން ޓެކް އާއި ގުޅިގެން އުރީދޫން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
މި އަހަރު އެ ޕްރޮގުރާމު ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 އިން 10:30 އަށް ހ. ސަންލީޓު، އެއްވަނަ ފަންގިފިލާގަ އެވެ. ސަންލީޓަކީ ސަލްމާން މިސްކިތުގެ ކުރިމަތިން، އެސްބީއައި ހިންގަމުން އަންނަ އިމާރާތެވެ.
އުރީދޫއިން ވަނީ އެ ސެޝަންގައި ބައިވެރިވާން ބޭނުންވާ ހުރިހާ އެންމެނަށް ވެސް އެ ފުރުސަތު ހުޅުވާލާފަ އެވެ.

މި އަހަރުގެ ފުރަތަމަ ސެޝަންގައި ކިޔަވައިދޭނީ:

ރައްކާތެރިކަމާ އެކު އިންޓަނެޓު ބޭނުން ކުރާނެ ގޮތް
ތިމާގެ ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރާނެ ގޮތް
ޒާތީ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ މުހިންމުކަން
ފައިނޭންޝަލް އެކައުންޓުތައް ގަވާއިދުން ބެލެހެއްޓުމުގެ މުހިންމުކަން
އެންމެ ރައްކާތެރި ޕާސްވޯޑެއް އުފައްދާނެ ގޮތް
ފިޝިން ޕޭޖުތަކާއި އެފަދަ ސްކޭމްތައް ދެނެގަންނާނެ ގޮތް

މިދިޔަ އަހަރު ވެސް އުރީދޫއިން ވަނީ ސައިބާ ރައްކާގެ ސެޝަންތައް ރާއްޖޭގެ އެކިކަންކޮޅުގައި ކުރިއަށް ގެންގޮސްފަ އެވެ. އުރީދޫ މޯލްޑިވްސްގެ ސީއެސްއާރުގެ ދަށުން މިފަދަ ތަފާތު އެކި ޕްރޮގުރާމުތައް ކޮންމެ އަހަރަކު ވެސް ހިންގަމުން ދެ އެވެ.

މި ލިއުމާއި ގުޅޭ