Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުޑީޝަލް ސާވިސް ކޮމިޝަން

ތަމްރީނުދޭން ކަމަށް ބުނެ ގިނަ އަދަދެއްގެ ފަނޑިޔާރުން އިންޑިއާއަށް

ތަމްރީނު ދޭން ކަމަށް ބުނެ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުން އިންޑިއާއަށް ފޮނުވައިފިއެވެ.

ފަނޑިޔާރުން އިންޑިއާއަށް ތަމްރީނުކުރަން ފޮނުވުމުގެ ކުރިން ރޭ ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިޔާތުގައި އިންޑިއާއަށް ދާ ފަނޑިޔާރުންނާއި، އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލުން އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުން ބައިވެރިވިއެވެ.

އިންޑިއާއަށް ތަމްރީނުތަކުގައި ފަނޑިޔާރުން ފޮނުވަން މި ސަރުކާރުން ފަށާފައިވާއިރު އިންޑިއާގެ ޖުޑިޝަރީއަކީ ވަރަށް ކޮރަޕްޓު އަދި ބޯދާ ގޮތްތައް ގެންގުޅޭ ޖުޑިޝަރީއެކެވެ.

އެ ޤައުމުގެ ކޯޓުތަކުގައި އެތައް މިލިއަން މައްސަލައެއް ހިނގަމުން ދާއިރު އޭގެތެރެއިން ބައެއް މައްސަލަތައް ނުނިމި ދިގުލައިގެންގޮސް މައްސަލަތަކުގެ ހަސްމުން މަރުވެފައިވެސް ވެއެއެވެ. ދާދި ފަހުން އިންޑިއާގެ ކޯޓަކުން 72 އަހަރުވީ މައްސަލައެއް ނިންމާފައިވެއެވެ. އަދި މިހާރުވެސް 70 އަހަރުވީ ދެ މައްސަލަ އިންޑިއާގެ ކޯޓުތަކުގައި ހިނގަމުން އަންނަ އިރު 30 އަހަރަށްވުރެ ގިނަ ދުވަސްވީ 1 ލައްކައަށް ވުރެ ގިނަ މައްސަލަ އިންޑިއާގެ ކޯޓުތަކުގައި ނުނިމި އެބައޮތެވެ.

މި ލިއުމާއި ގުޅޭ