Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ފްރެންޗް ކަޕްގައި މާސޭ އިން ޕީއެސްޖީ ކަޓުވާލައިފި

ފްރެންޗް ކަޕްގައި މާސެއި އިން ޕީއެސްޖީ ކަޓުވާލައިފިއެވެ.

ޕީއެސްޖީ އަކީ މީގެ ކުރިން 14 ފަހަރަ މި މިމުބާރާތް ކާމިޔާބު ކުރުމުގެ ރެކޯޑު އޮތް ޓީމެކެވެ. މެޗުގައި މާސެއި ގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ އާސެނަލް ގެ ކުރީގެ ސްޓަރައިކަރު އެލެކްސިސް ސަންޗޭޒްއެވެ. އެފަހުން ޕީއެސްޖީގެ ރާމޯސް ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކުރިނަމަވެސް މާސެއިގެ މިޑްފީލްޑަރު ރުސްލާން މަލިނޮވްސްކީ ވަނީ ގޯލެއް ޖަހާ މާސެއި އަށް ލީޑު ނަގާދީފައެވެ.

ޕީއެސްޖީގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަދި ބްރެޒިލްގެ ތަރި ނޭމާ ކުޅެއެވެ. މި ދެ ކުޅުންތެރިނަށްވެސް ރޭގެ މެޗުގައި ގޯލެއް ނުޖެހެއެވެ.

މާސެއި އަށް އެންމެ ފަހުން މި މިބާރާތް ކާމިޔާބު ކުރެވުނީ 1988 ގައެވެ.

މާސެއި އަދި ޕީއެސްޖީ މިމަހުގެ 26 ގައި އަދި ބައްދަލުކުރާނެއެވެ. ފްރެންޗް ލީގަކީ އާޖެންޓީނާގެ ކެޕްޓަން މެސީ ކުޅުނު މުބާރާތްތަކުގެ ތެރެއިން އަދި ޗެމްޕިއަންކަން ނުނެގި އޮތް ހަމައެކަނި މުބާރާތެވެ.

މި ލިއުމާއި ގުޅޭ