ރައްޔިތުން މަޖިލީހުގެ އިދާރާގެ ޖިމް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޖިމް ރަސްމީކޮށް ހުޅުއްވާދެއްވީ މަޖިލީހުގެ ރައީސް, ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މަޖިލީހުގެ އިދާރާގެ ޖިމް ގާއިމްކޮށްފައިވަނީ އެ އިދާރާގެ 12 ވަނަ ފަންގިފިލާގައެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އެ ޖިމް ހަދާފައިވަނީ ޕާކިސްތާނު ސަރުކާރުން އެ މަޖިލީހަށް ދީފައިވާ ހިލޭ އެހީގެ ތެރެއިން ކަމަށެވެ. އަދި މި ވަގުތު ޖިމަށް ވަދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށްކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.