Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި ޓްރެފިކްކުރުން

ޕެސިފިކް ކަނޑުން އޮޔާ ދިޔަ ގިނަ އަދަދެއްގެ ކޮކެއިން ހޯދައިފި

ނިއުޒިލޭންޑްގެ ކަސްޓަމްސްއާއި އެ ގައުމުގެ ޑިފެންސް ފޯސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޕެސިފިކް ކަނޑުން އޮޔާ ދަނިކޮށް 3.2 ޓަނުގެ ކޮކެއިން ހޯދައިފިއެވެ.

އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ، އިނގިރޭސިވިލާތް، އަދި ނިއުޒިލޭންޑް ހިމެނޭހެން އެކުލެވޭ ފައިވް އައިސް އިއްތިހާދުން ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ހިންގި އޮޕަރޭޝަނުގައި 81 ފޮށްޓަށް ލާފައިވާ ކޮކެއިންގެ ފަހު މިސްރާބަކީ އޮސްޓްރޭލިއާކަމަށް، ނިއު ޒިލޭންޑްއިން ބުނެއެވެ.

ނިއުޒިލޭންޑްގެ އުތުރު-ހުޅަނގުން އެތައް ސަތޭކަ ކިލޯމީޓަރެއް ދުރުން އޮޔާދަނިކޮށް ފެނިފައިވާ ކޮކެއިންގެ އަގު 300 މިލިއަން ޑޮލަރަށް އަރާކަމަށް އެ ގައުމުގެ ކަމާބެހޭފަރާތްތަކުން ބުނެއެވެ.

އެ ތަކެތި ކަނޑުގެ އެ ހިސާބަށް އައިސްފައިވަނީ ކިހިނަކުންތޯ ތަފްސީލްކުރަމުން އެ ތަކެތި ހޯދި އޮފިޝަލުން ބުނަނީ، "އޮޔާއޮންނަ ޓްރާންސިޓް ޕޮއިންޓް" އެއްގައި އެ ތަކެތި ބާއްވާފައި ދިއުމުން، އެހެން ބަޔަކު އައިސް އެ ތަކެތި ނަގައިގެން އެ އެއްޗެހި ދާންޖެހޭ މިސްރާބަށް ގެންދާނީކަމަށެވެ.

"އަހަރުމެންގެ ވިސްނުމަކީ އެ އެއްޗެހީގެ ފަހު މިސްރާބަކީ އޮސްޓްރޭލިއާކަމަށް. އެތަނުގައި އެއް އަހަރު ވަންދެން ވިއްކޭ ވަރުގެ ގިނަ އެއްޗެހި ފެނުނީ" ނިއު ޒިލޭންޑްގެ ފުލުސް ކޮމިޝަނަރު، ފެނުނު މަސްތުވާތަކެތީގެ އަދަދަކީ އެގައުމުން މިހާތަނަށް ހޯދި އެންމެ ގިނަ އަދަދުގެ އެއްޗެހިކަމަށް ފާހަގަކުރައްވަމުން ވިދާޅުވިއެވެ.

ބޭރުގެ މީޑިއާތަކުން ދައްކާގޮތުގައި، އެގައުމުގެ ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުގައިވަގޮތުން، ކޮކެއިން އަޅާފައިހުރި ފޮށިތަކުގައި ބެޓްމޭންގެ ނިޝާން ޖަހާފައި ހުއްޓެވެ.

އެ އެއްޗެހި އައިސްފައިވަނީ ކޮން ގައުމަކުން ކަން، ނުވަތަ ކޮން ބައެއްގެ އެއްޗެހިކަން އަދި އޮފިޝަލުންނަށް އެނގިފައިނުވާކަމަށް ބުނާއިރު، މިހާތަނަށް މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
މި ލިއުމާއި ގުޅޭ