Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

ފެބުރުއަރީ 8 ގައި ދިން ގެއްލުންތަކަށް މާފަށް އެދެން މޮސްޓާ ރައީސް ނަޝީދަށް ގޮވާލައިފި

މީގެ 11 އަހަރު ކުރިން 2008 ވަނަ އަހަރުގެ ފެބުރުއަރީ މަހު ގެ 8 ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ ދައުލަތަށް ދިން ގެއްލުންތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގޮވާލައްވައިފިއެވެ.

މޮސްޓާ މިފަދައިން ގޮވާލައްވާފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްހެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހަޅާ ގަރާރަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

މޮސްޓާ ވިދާޅުވީ 8 ފެބުރުއަރީގައި ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން ނިކުމެ 300 އެތައް މިލިއަން ރުފިޔާގެ ގެއްލުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް ދީފައިވާކަމަށާއި ރައީސް ނަޝީދު އިސްވެ ހުންނަވާ ހިންގި އެ ޖަރީމާއަށް ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ގޮވާލާކަމަށެވެ.

"މިއަދަކީ ދިވެހިރާއްޖޭގައި މީގެ 11 އަހަރު ކުރިން ބަޣާވާތެއް ގެންނަން ޚާއިނުންތަކެއް އިސްވެ ތިބެގެން ނިކުމެ 300 އެތައް މިލިއަން ރުފިޔާގެ ގެއްލުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް ދިން ދުވަހެއް، އެ ހިތާމަވެރި ދުވަހަށް 11 އަހަރު ފުރޭ ދުވަސް މިއަދު މިއީ، އަޅުގަނޑު އެދެން މި މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފަރާތުން އިސްވެ ހުރެ ހިންގި ޖަރީމާއަށް ދިވެހިރައްޔިތުންގެ ކިބައިން މާފަށް އެދެން" މޮސްޓާ ވިދާޅުވެފައިވެއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އިސްތިއުފާދެއްވުމަށްފަހު ވިދިގެން އައި 8 ވަނަ ދުވަހު ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު މަގުމައްޗަށް ނުކުމެވަޑައިގަތެވެ. އެ ދުވަހު އެމްޑީޕީ ސަޕޯޓަރުން ނުކުމެ ގދ.ތިނަދޫ އަދި އައްޑު އަތޮޅާއި އެ ނޫންވެސް އެކި ސަރަހައްދުތަކުގައި އަލިފާން ރޯކޮށް ހުޅުޖެހިއެވެ.

މި ލިއުމާއި ގުޅޭ