Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް އައްޔަންކުރަން ރައީސް އިސްކަން ދެއްވީ ނުޒުހާއަށް

މޯލްޑިވް ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރަކަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ބޮޑަށް އިސްކަން ދެއްވާ މީހުންގެ ނަންތަކުގެ ލިސްޓްގެ އެއްވަނައިގާ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އައިމިނަތު ނުޒުހާ ހިމެނިއްޖެއެވެ.

ނުޒުހާގެ ނަން މިދިޔަ ފަހަރުވެސް އެ މަގާމަށް ރައީސް އިބްރާހިމް އެންމެ އިސްކަންދެއްވާ މީހުންގެ ލިސްޓުގެ މަތީގައި ހިމެނުނެވެ. ފަސް މީހުންގެ ނަން ހިމެނޭ އެ ލިސްޓުގެ އެއްވަނައިގައި އޮތް ނުޒުހާއަކީ ކުރިންވެސް އެ ކޮމިޝަނުގެ މެމްބަރުކަމަށް ހުށަހެޅި މީހެކެވެ.

ރައީސް ފޮނުއްވި ލިސްޓުގައި ޖުމްލަ 5 މީހުން ހިމެނޭއިރުގައި، 1 ވަނައިގާ އޮތް ނުޒުހާގެ އިތުރުން އޮތް 4 ނަމަކީ، ހުސެއިން އަމްރު، ޝާން ސޯލިހު މުހައްމަދު، މަރިޔަން ނާރީމާން ޝަރީފް، އަދި މަރިޔަމް މުނާއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް މީހަކު ހޯދާ ސަބަބަކީ، މިދިޔަ މަހުގެ 8 ވަނަ ދުވަހުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ގައިސް އިސްތިއުފާ ދެއްވުމުންނެވެ. ގައިސްވަނީ 2019 އިން ފެށިގެން އެ މަގާމުގެ ޒިންމާތައް އަދާކުރައްވާފައެވެ.

މިހާރު ބްރޯޑްކޮމް ކޮމިޝަން އެކުލެވިގެންވާ 6 މީހުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، އައިމިނަތު އަމީނާއާއި، އަލީ ޔޫސުފާއި، މުހައްމަދު ފަޒީނާއާއި، ޝިފްލާ އިބްރާހިމާއި، އަދި އަމްޖަދު ވަހީދެވެ.

ބްރޯޑްކޮމްއަކީ މިނިވަން މުއައްސަސާއެއްކަމަށް ވިޔަސް އެ ކޮމިޝަނުގެ މަގާމުތަކަށް އައްޔަން ކުރަނީ ސިޔާސީ މީހުންކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ