Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ރިޒާވް

ދައުލަތުގެ ރަސްމީ ރިޒާވް އަދި ބޭނުން ކުރެވޭ ރިޒާވްވެސް ދަށަށް

ފާއިތުވި ޖެނުއަރީ މަސް ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވް އަދި ބޭނުން ކުރެވޭ ގޮތަށް ހުރި ބޭރު ފައިސާގެ ރިޒާވް ދަށަށް ހިނގައްޖެއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 790 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރީ 254 މިލިއަން ޑޮލަރެވެ. ޑިސެމްބަރު މަހާއި އަޅާ ބަލާއިރު ޖުމްލަ ރިޒާވް މިވަނީ 37 މިލިއަން ޑޮލަރުން މަދުވެފައެވެ. އަދި ބޭނުން ކުރެވޭ ރިޒާވް ވަނީ 13 މިލިއަން ޑޮަލަރުން މަދުވެފައެވެ.

ފާއިތުވި މަހު ރިޒާވް ދަށަށް ގޮސްފައިވީނަމަވެސް ރައީސް އިބްރާހީމް ވަނީ ރާއްޖޭގެ އިޤްތިސާދު މިހާރު ދަނީ ވަަރަށް ބޮޑަށް ކުރިއަރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

"ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގާ ދެމެހެއްޓޭނެކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ލިބިފަ" މި ދައުރަށް ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާގައި އިއްވި ބަޔާނުގައި ރައީސް އިބްރާހީމް ވިދާޅުވިއެވެ.

އެހެން ނަމަވެސް ރަސްމީ ރިޒާވްގެ އިތުރުވެފައިވަނީ ރާއްޖޭގެ އިޤްތިސާދު ރަނގަޅުވެ އިތުރަށް ބޭރު ފައިސާ ލިބިގެނެއް ނޫނެވެ. ރިޒާވްގައި ހުރި ފައިސާ ހުސްވަމުންދާތީ ސަރުކާރުން ވަނީ ނޮވެމްބަރު މަހު އިންޑިއާގެ ރިޒާވް ބޭންކުން 200 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ. ޖުމްލަ ރިޒާވްގެ އަދަދު އިތުރުވީ އެސަބަބާއި ހުރެއެވެ.

ދައުލަތުގެ ރިޒާވް ފާއިތުވި މަހު ދަށަށް ގޮސްފައިވާއިރު، ކަޅު ބާޒާރުގައި ޑޮލަރު މިހާރު ލިބެނީ 17.40 ރުފިޔާއަށެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ދިވެހި ފައިސާގެ އަގު މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

މި ލިއުމާއި ގުޅޭ