Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޑަކުދިންނަށް ގޯނާކުރުން

މިސްކިތަށް ނަމާދަށް ދިޔަ ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތަށް އާންމުކޮށް ނަމާދަށްދާ ކުޑަކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މައްޗަންގޯޅީގައި ހުރި މިސްކިތަކަށް ދިޔަ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިހަ އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެ މިސްކިތުގައި މަސައްކަތް ކުރާ ބިދޭސީ މީހެކެވެ.

މިއަދު މިސްކިތް ކައިރިއަށް ބަޔަކު އެއްވެ، އެބިދޭސީ މީހާއަށް ހަމަލާ ދޭން މަސައްކަތް ކުރަމުން ދަނިކޮށް އެތަނުގައި ތިބި، ބައެއް މީހުން ވަނީ އޭނާ އެއްކައިރިކޮށް ފުލުހުން އަންނަންދެން އޭނާ ހިފަހައްޓާފައެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ބިދޭސީ މީހާ ކުޑަކުއްޖާ އަށް ޖިންސީ ގުނަވަން ދައްކައިގެން ހުއްޓާ މިސްކިތައް ދިޔަ އެހެން ކުއްޖަކަށް އެމަންޒަރު ފެނިގެން އެކަން މިސްކިތުގައި ތިބި މީހުންގެ ސަމާލުކަމަށް ގެނައެވެ. ފަހުން އެކުއްޖާ ކިޔައިދިން ގޮތުގައި ބިދޭސީ މީހާ ވަނީ އެކިދުވަސް މަތިން އެކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައެވެ. ފުލުހުން އަންނަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

ބިދޭސީންގެ ފަރާތުން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ފުލުހުންނަށް ރިޕޯޓް ކުރެއެވެ.

މި ލިއުމާއި ގުޅޭ