Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގައި އިމާމަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

އިންޑިޔާގެ މަދްޔަ ޕްރަދޭޝް ސަރަހައްދުގައި ހުންނަ ކަންދުވާ ސިޓީގައި ހުރި މިސްކިތުގެ އިމާމް، ޝެއިޙް ހާފިޒް ހުޒޭފާއަށާއި، އަދި އޭނާއާއި އެކާގައިހުރި އެހެން ޒުވާން މުސްލިމް ކުއްޖަކަށް 5 މީހަކު ހަމަލާދީ، ޝެއިޙް ހުޒޭފާގެ ލޮލަށް މިރުސް ފެން ޖަހާ، މެއަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.

މި މައްސަލައިގައި އިންޑިޔާގެ ފުލުހުންވަނީ 4 ކުޑަކުދިން ހިމެނޭހެން 5 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ތެރެއިން ހުރި ރާޖާ ރާތޯރު ނަމަކަށް ކިޔާ މީހަކީ މި ހަމަލާ ރޭވި އިސް މީހާކަމަށް އެ މައްސަލަ ބަލާ ފުލުހުން ބުންޏެވެ.

ހަރުކަށި ހިންދޫ ފިކުރުގެ މީހުންގެ ޖަރީމާތައް ޑޮކިއުމެންޓިކޮށް ގެނެސްދޭ ހިންދުތުވާ ވޮޗް އިން ޝެއިޙް ހުޒޭފާ ގާތުންވަނީ ކަން ހިނގާ ދިޔަ ގޮތުގެ ތަފްސީލް ހޯދާފައެވެ. އޭނާ ވިދާޅުވާގޮތުގައި، މިސްކިތަށް ނަމާދު ފެށްޓުމަށް ސައިކަލުގައި ދިޔަ މަގުމަތީގައި ގޯޅިއެއް އެޅިތަނާހެން ކުއްލިއަކަށް 5 މީހަކު ނިކުމެ އޭނާ ހުއްޓުވީކަމަށެވެ. ދެން އެމީހުން ވަޅި ނަގާފައި، ޝެއިޙްގެ ލޮލަށް މިރުސް ފެން ޖެހުމަށް ފަހުގައި އޭނާގެ މެއަށް ވަޅި ހެރީކަމަށް ބުންޏެވެ. އެންމެ ފުރަތަމަ ޝެއިޙްގެ ގަޔަށް ވަޅި ހެރުނު ކަން ރޭކާ ނުލާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފަހުން އޭނާއާއި އެކީގައި ހުރި އޭނާގެ ރަހްމަތްތެރިޔާ ކަންބޮޑުވެގެން އޭނާ ގާތުގައި ޒަހަމެއް ލިބުންތޯ ބަލާށޭ ބުނުމުން ޝެއިޙް ހުޒޭފާ ބެލިއިރު އޭނާ ލައިގެން ހުރި ހެދުން ވީދިފައި، އަދި ލޭ އަންނަކަން އޭނާއަށް ފެނުނެވެ. އޭނާ ވަގުތުން ހޮސްޕިޓަލަށް އައި ކަމަށްވެސް ވިދާޅުވިއެވެ.

ޝެއިޙް ހުޒޭފާއާއި އޭނާއާއި އެކު ހުރި ކުއްޖާއަަށް މިހާރު ފަރުވާ ލިބި، ދެ މީހުންވެސް ނުރައްކަލުން ބޭރުވެފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ޝެއިޙް ހުޒޭފާގެ އޮޕަަރޭޝަން ކުރިކަމަށާއި، ކުރިއިރު އޭނާގެ ހާލަތު ސްޓޭބަލްކަމަށް ފުލުހުން ބުންޏެވެ.

ހިންދުތުވާ ވޮޗްގައި ހުޒޭފާގެ އިންޓަވިއު ވީޑިއޯގައި އޭނާގެ އިތުރުން، އެހެން ޒުވާން ކުއްޖަކަށްވެސް ބަނޑަށް ޒަހަމްވެފައިވާ، އަދި ވޭނުގައި އޮތް މަންޒަރު ފެނެއެވެ. އޭނާ ބެލެވެނީ ހުޒޭފާއާއި އެކީގައި ހުރި، ހަމަލާދިން މީހުން ފިލަމުން ޒަހަމްކޮށްލި ކުއްޖާކަމަށް ބެލެވެއެވެ.

އެ ހަމަލާއަކީ ހޭޓް ކްރައިމްއެއް ކަމަށް މިހާރުވަނީ ނިންމާފައިކަމަށް ބުނެފައިވާއިރު، އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް މިފަދަ ހަމަލާ އަމާޒްވުމަކީ އާންމުކަމެކެވެ.

އިންޑިއާގެ ފުލުހުން ބޭއްވި ނޫސްވެރިންގެ ކޮންފެރަންސްއެއްގައި ބުނާގޮތުގައި، މި ހަމަލާ ހިންގާފައިވަނީ ބޮޑެތި ފިރިހެނުންތަކެއް ބާލިޢުނުވާ ކުޑަކުއްޖެއް ލައްވާ މުޖުތަމައުގައި ފަސާދަ އުފެއްދުމުގެ ބޭނުމުގައެވެ. އަދި މި ކުށް ކުރި މީހުންނަށް ހައްގުވެގެންވާ އަދަބު ދޭނެކަމަށްވެސް ފުލުހުން ބުންޏެވެ.

މި ލިއުމާއި ގުޅޭ