Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރޯޑްކާސްޓިން ކޮމިޝަން

ނޫސްވެރިނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބްރޯޑްކޮމްއިން އިލްތިމާސްކޮށްފި

މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓަިން ކޮމިޝަން (ބްރޯޑްކޮމް)އިން އިލްތިމާސްކޮށްފިއެވެ.

އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގަިއ ބުނެފައިވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތާ ދިމާކޮށް، މަޖިލިސްކުރާގޭ ސަރަހައްދުގައި ބޭއްވި އެއްވުމެއް، ފުލުހުން ރޫޅާލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާވެފައިވާތީ، އެކަމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއްކަމަށެވެ.

އަދި އެ އެއްވުން ކަވަރުކުރަން އުޅުނު ބައެއް ނޫސްވެރިންނަށް، އެފަރާތްތަކުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ބައެއް އާންމުންގެ ފަރާތުން އެކިވަރުގެ ހުރަސްތައް ކުރިމަތިވެފައިވާކަމަށާއި އެކަމަކީ ވެސް އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާކަމެއްކަމަށް ބްރޯޑްކޮމްގެ ސާކިއުލާގައި ބުނެފައިވެއެވެ.

އެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ އިއްޔެގެ ހާދިސާތަކާއި ގުޅިގެން އެ ކޮމިޝަނުން ހާއްސަ ސަމާލުކަމެއްދީގެން މޮނިޓަރިންގ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާއި އެފަދަ ކަންތައްތަކަށް ބޭނުންވާ ދާޢިމީ ހައްލު ގެނައުމުގެ ގޮތުން ކަމާގުޅޭ ފަރާތްތަކާއެކު އެކޮމިޝަނުން މަސައްކަތްތަކެއްވެސް ކުރަމުން ގެންދާ ކަމަށެވެ.

މީގެއިތުރުން އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި، ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހި މާހައުލެއް ޤާއިމްކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ހުރިހާ ފަރާތްތަކަކަށް އެ ކޮމިޝަނުން އިލްތިމާސްކުރާކަމަށްވެސް ބްރޯޑްކޮމްއިން ބުނެފައިވެއެވެ.

އެ ކޮމިޝަނުން ބުނީ އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް އިލްތިމާސްކުރާކަމަށެވެ.

އަދި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ބްރޯޑްކޮމްއިން ނަސޭހަތްތެރިވެސް ވެފައިވެއެވެ.

މި ލިއުމާއި ގުޅޭ