ކ.ގިރިފުށީގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނެއް ކުރިއަށްގެންދަން ނިންމާފައިވާތީ، އެ ސަރަހައްދުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ކުޑަގިރީގައި އެ ތަމްރީނު އޮންނާނީ މި މަހުގެ 16 ދުވަހު އެވެ. ތަމްރީނު ކުރިއަށްދާނީ އެ ދުވަހުގެ 18:00 އިން 23:00 އަށެވެ.
އެ ތަމްރީނުގައި ވައިގެ ސަރަހައްދަށް ބަޑިޖަހާނެކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް:
- * ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : AK103 ރައިފަލް
- * ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 3000 މީޓަރު
- * ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރު
- * ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީލެވެލް
- * ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ކ.ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު
އެހެންކަމުން ތަމްރީނު ކުރިއަށްދާ ވަގުތުގައި އެ ސަރަހައްދުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރި އެވެ.