Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

އިދިކޮޅު މެންބަރުން މިއަދުވެސް އިހުތިޖާޖަށް: އެމްޑީޕީއަށް 7 ފެބްރުއަރީ ފާހަގަކޮށްލަންވެސް މިހާރު ނުކުރޭ

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް އިދިކޮޅު ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިސް މެންބަރުން އިހުތިޖާޖުކުރައްވައިފިއެވެ.

މަޖިލީހުގެ ޖަލްސާއަށް މި ދައުރަށް ފެށުމަށް އިއްޔެ ބޭއްވި ޖަލްްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން އިދިކޮޅުގެ މެންބަރުންވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރައްވަން ފައްޓަވާފައެވެ. ރައީސް އިބްރާހީމު ރިޔާސީ ބަޔާން އިއްވެވީ އިހުތިޖާޖުކުރެއްވި މަޖިލިސް މެންބަރުން ޖަލްސާކުރާ މާލަމުން ބޭރުކުރުމަށްފަހުއެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާއިން ބޭރުކުރި މެންބަރުންނަކީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤާއި، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

މިއަދުގެ ޖަލްސާގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ނަފްސާނީ ބަލިތަކަށް ފަރުވާދޭ ނިޒާމު ހަރުދަނާކުރުމަށް ގޮވައިލައްވައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގެ މެދުތެރެއިން ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމުވަނީ އިހުތިޖާޖުކުރައްވަން ފައްޓަވާފައެވެ.

އެމްޑީޕީ ވެރިކަމަށް އައީ އިންސާފު ޤާއިމުކޮށް ޝަރުއީ ދާއިރާ އިސްލާހުކުރަން ވައުދުވެގެންކަމަށާއި ނަމަވެސް އިދިކޮޅު ހަމައެކަނި ލީޑަރު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޖަލަށްލައިގެން ވެރިކަންކުރުމަކީ އެއީ އިންސާފު ނޫންކަމަށް ޝިޔާމު ވިދާޅުވިއެވެ.

އިތުރަށް ޝިޔާމު ވިދާޅުވެފައިވަނީ މިހާރު އެމްޑީޕީން ވެރިކަންކުރަނީ ވެރިކަމުގެ ކުރީ ސަފަށް އެ ޕާޓީން ކުރިން ބާޣީންކަމަށް ބުނި މީހުން ލައިގެން ކަމަށެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނު 7 ފެބްރުއަރީ 2012 ވަނަ ދުވަހަށް އަހަރު ފުރޭ ދުވަސް މިހާރު ފާހަގަކޮށްލަންވެސް އެމްޑީޕީއަށް ނުކެރޭކަމަށް ޝިޔާމު ވިދާޅުވިއެވެ.

މަޖިލީހުގެ ބްރޭކު ވަގުތާ ހަމައަށް އިދިކޮޅު އިއްތިހާދުގެ މަޖިލިސް މެންބަރުން ގެންދެވީ އިހުތިޖާޖު ކުރައްވައި އަޑުއުފުއްލަވަމުންނެވެ.

މި ލިއުމާއި ގުޅޭ