Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިމްތިޔާޒު ފަހުމީ

ފަސް އަހަރު ދުއްވާލީ ވައްކަމާއި ކޮރަޕްޝަން ހިންގައި އަދި އެކަމަށް ޖާގަ ދިން ދައުރެއްގެ ގޮތުގައި: އިންތި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު ދުއްވާލީ ވައްކަމާއި ކޮރަޕްޝަން ނުބެލި، އަދި ވައްކަމާއި ކޮރަޕްޝަން ހިންގައި އަދި އެކަމަށް ޖާގަ ދިން ދައުރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ އިންތި ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް އެއް ދައުރު ނިމެންދެން އުޅުއްވީ ސްޕީޗް ލިޔުއްވުމުގައި ކަމަށެވެ.

އަދި އެހެން ދައުރެއް އަތުޖެހިއްޖެ ނަމަ ވާނެ ގޮތެއް ވެސް ދެނެވޮޑިގަންނަވާނީ މާތްﷲ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ވެސް ރައީސް އިބްރާހިމްގެ ފެކްޝަނުން މަކަރާ ހީލަތް އަދި މަގާމުގެ ނުފޫޒު ބޭނުން ކުރައްވާފައިވާ ކަމަށް ރައީސް ނަޝީދުގެ ފެކްޝަނުން އަދިވެސް އަންނަނީ ތުހުމަތު ކުރަމުންނެވެ.

އަދި މިހާތަނަށް ވެސް ރައީސް ނަޝީދު ބަލި ގަބޫލު ކުރައްވާފައި ނުވާއިރު، އަމިއްލަ ގޮތުން ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ޚިޔާލު ކުރައްވަމުން ގެންދަވާކަމުގެ ބައެއް ވާހަކަތައް ވަނީ މީޑިއާތަކާ ހަމަ އަށް ތިލަވެފައެވެ.

މި ލިއުމާއި ގުޅޭ