Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔޫކްރެއިން

ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމުން ޔުކްރެއިންގެ ޑިފެންސް މިނިސްޓަރު މަގާމުން ވަކިކޮށްފި

ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމުން ޔުކްރެއިންގެ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޮވް މަގާމުން ވަކިކުރައްވައިފިއެވެ.

ޔުކްރެއިންގެ އިސް ލެޖިސްލޭޓަރެއް ކަމަށްވާ ޑޭވިޑް އަރަހާމިއާ ވިދާޅުވާގޮތުން، ޑިފެންސް މިނިސްޓަރުކަމަށް ދެން އައްޔަން ކުރެވޭނީ އެގައުމުގެ އަސްކަރިއައްޔާގެ ޖީޔޫއާރު އިންޓެލިޖަންސް އިދާރާ ހިންގުމާއި ހަވާލުވެގެން ހުރި ކައިރީލޯ ބުޑާނޯވްއެވެ.

ރެޒްނިކޮވް ވަޒީފާއިން ވަކިކުރައްވާފައިވަނީ، ކާބޯތަކެތި ގަތުމުގެ އެއްބަސްވުމެއްގައި އިންތިހާއަށް މައްޗަަށް އަރާފައިވާ އިންފްލޭޓެޑް އަދަދުތަކަށް ގަންނަން އެއްބަސްވުމުގައި އޮތުމުންނެވެ. މިކަމާއި ގުޅިގެން ރެޒްނިކޮވްގެ ޑެޕިއުޓީ މިނިސްޓަރެއްވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި އިތުރު 2 އިސް އޮފިޝަލެއް މަގާމު ދޫކޮށް ގޮސްފައިވެއެވެ.

ކުރީގައި ވަކީލެއްގެ ގޮތުގައި އުޅުއްވި ރެޒްނިކޮަވް ޑިފެންސް މިނިސްޓަރުކަމަށް އައްޔަނު ކުރެވުނީ 2021ގެ ނޮވެމްބަރު މަހުގައެވެ. އެއީ ފެބްރުއަރީ 24ވަނަ ދުވަހުގައި ރަޝިޔާއިން ޔުކްރެއިން ހިސާރުކުރުމަށް ހިންގަމުން އަންނަ ހަނގުރާމަ ފެށިތާ ދެތިން މަސް ކުރިއެވެ.

ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވި އިރު ރެޒްނިކޮވްވަނީ ރަޝިޔާގެ ލަޝްކަރާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ގިނަ އަދަދެއްގެ ފައިސާއާއި، ހަތިޔާރު ހޯދާފައެވެ.

ޑިފެންސް މިނިސްޓަރު ކަމަށް ބުޑާނޯވް އައްޔަންކުރައްވާއިރުގައި، ރެޒްނިކޮވްއާއި ދެން ހަވާލުކުރެވޭނީ ސްޓްރެޓީޖިކް އިންޑަސްޓްރީސްގެ މިނިސްޓަރުކަމުގެ މަގާމުގެ ޒިންމާތަކެވެ. ނަމަވެސް ރަސްމީގޮތުން އެ ބޭފުޅާއަށް މަގާމު ހަވާލް ކުރެވޭނެ ދުވަހެއް އަދި ކަނޑައެޅިފައިނުވާކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

ރެޒްނިކޯވް ޑިފެންސް މިނިސްޓަރުކަމުން ވަކިކުރުމާއި ގުޅޭ ގޮތުން، ޔުކްރެއިންގެ ރައީސް ވޮލޮޑްމީރް ޒެލެނެސްކީ އަދި އެއްވެސް އެއްޗެއް ދަންނަވާފައެއް ނުވެއެވެ.

މި ލިއުމާއި ގުޅޭ