Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

އިރާނުގައި ގިނަ އަދަދެއްގެ ގައިދީންގެ ޖަލު ހުކުމްތަކަށް މާފު ދީފި

އިރާނުގައި 10،000 އަށް ވުރެން ގިނަ ގައިދީންގެ ޖަލު ހުކުމްތައް މާފުކޮށް، އަދި ގިނަ ބައެއްގެ ޖަލު ހުކުމްތަކުގެ މުއްދަތަށް ލުއިކަމެއް ދޭން އެ ގައުމުގެ އިސްވެރިޔާ އާޔަތުﷲ އަލީ ޙަމެނެއި ދެއްވައިފިއެވެ.

ގިނަ ބައެއްގެ ޖަލު ހުކުމްތަށް މާފުކޮށް، ލުއިކަމެއް ދޭން ނިންމާފައިވީނަމަވެސް، އިރާނުގައު ދިރިއުޅޭ ދެ ގައުމުށް ނިސްބަތްވާ މީހުންނަށް އެ މާފެއް ނުލުބޭނެކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

ހަމައެއާއެކި، ބައެއްކަހަލަ ކުށްތަށް ސާބިތުވެފައިވާ މީހުންނަށްވެސް މާފު ނުލިބެއެވެ. އެގޮތުން، ބިންމަތީގައި ފިތުނަ ފަސާދަ އުފެއްދުމުގެ ދައުވާ އުފުލި، އެކަން ސާބިތުވެފައިވާ މީހުންނަށް މާފެއް ނުލިބޭނެއެވެ. އެ ދައުވާއަކީ އިރާނުގައި މަރުގެ އަދަބު ދެވޭކަހަލަ ކުށްތަކެވެ. އެ ގައުމުގެ ސަރުކާރާއި ދެކޮޅަށް އިހުތިޖާޖުކުރި ބައެއް މީހުންގެ މައްޗަށް އެ ދައުވާ އުފުލި، ކުށް ސާބިތުވެ، އަދި 4 މީހުންނަށް އެ އަދަބު ތަންފީޒުކޮށްފައިވެއެވެ.

މީގެ އިތުރުން، ބޭރުގެ ބާރުތަކަށް ޖާސޫސް ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނަށްވެސް މާފެއް ނުލިބެއެވެ. އަދި އިސްލާމިކް ރިޕަބްލިކާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތަކާއި ގުޅިފައިވާ މީހުންނަށްވެސް މާފެއް ނުލިބެއެވެ.
އިހްތިޖާޖުކޮށްގެން ހައްޔަރުކޮށްފައިވާ ބައެއް މީހުންނަށް މާފު ދީފައިވާއިރު، މިފަހުންވަނީ އިރާނުގައި ބޮޑެތި އިހްތިޖާޖުތަކެއް ސަރުކާރާއި ދެކޮޅަށް ބާއްވާފައެވެ. ބޭރުގެ ބާރުތަކުން އެއްބާރުލުންދިންކަމަށް އިރާނުގެ ސަރުކާރުން ތުހުމަތު ކުރާ އިހުތިޖާޖުތަކުގައިވަނީ 500އަށް ވުރެން ގިނަ މީހުން މަރުވެފައެވެ. އޭގެތެރެގާ 18 އަހަރު ނުވާ 70 ކުދިން ހިމެނެއެވެ. އަދި އިހްތިޖާޖުކުރި މީހުންގެ ތެރެއިން 4 މީހުން ދަންޖައްސާ މަރާލާފާވެއެވެ.
10،000 އަށް ވުރެން ގިނަ މީހުންނަށް މާފުދޭން އިރާނުގެ އިސްވެރިޔާ ޙަމެނެއި ނިންމަވާފައިވަނީ 1979ގެ އިސްލާމިކް އިންގިލާބުގެ އަހަރީ ދުވަހުގެ މުނާސަބަތުގައެވެ.
މި ލިއުމާއި ގުޅޭ