މިސްރުގައި ބޭއްވި އިންޓަނޭޝަނަލް ކޮންޓެސްޓް ފޮ ރިސައިޓާސް އޮފް ދަ ގުރުއާން މުބާރާތުގައި ރާއްޖެއިން ބައިވެރިވި ފާތިމަތު ޝާޔާ ޒާހިރު މުޅި މުބާރާތުން 2 ވަނަ ހޯދައިފިއެވެ.
99.45 މާކްސް އާއިއެކު 2 ވަނަ ހޯދައިފާވާއިރު، ޝާޔާ ހޯދި ކާމިޔާބީގެ އިނާމަކަށް ވަނީ 150،000 އިޖިޕްޓް ޕައުންޑް ލިބިފައެވެ.
99.90 މާކްސްއާއި އެކު މުބާރާތުން 1 ވަނަ ހާސިލްކޮށްފައިވަނީ ގާނާ ރަމްޒުކޮށްދިން އަބްދުލް ސަމަދް އާދަމްއެވެ.
ޝާޔާ މިސްރުގައި ހާސިލްކުރި ކާމިޔާބީއަކީ ޝާޔާގެ ހަޔާތުގައި ގުރުއާން ކިޔަވައިގެން ހޯދި ހަމައެކަނި ކާމިޔާބީއެއް ނޫނެވެ. 2019 ވަނަ އަހަރުގައި ޝާޔާވަނީ، އުމުރުން 9 އަހަރުގައި މުޅި ގުރުއާން ފޮތް އެއްކޮށް ހިތުދަސްކޮށްގެން ރައިސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލްކޮށްފައެވެ.