Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ އާޒިމް

ޖީއެސްޓީ ބޮޑުކުރަން ވޯޓު ނުދިން މައްސަލާގައި އެމްޑީޕީން އާޒިމަށް ފިޔަވަޅު އަޅައިިފި

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަން ވޯޓް ނުދިނުމަކީ ކުށެއްކަމަށްބުނެ ފިޔަވަޅު އަޅައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސިޓީ ލިބުނީ ބަރަވެލި ދުވެލީގަ މިއަދު ކަމަށެވެ. އެގޮތުން އެސިޓީގައި ސޮއިކުރި ތާރީހެއްގެ ގޮތުގައި އޮތީ 16 ނޮވެމްބަރު 2022 ކަމަށެވެ.

އެމްޑީޕީން އަލީ އާޒިމަށް ފޮނޮވި ސިޓީގައި ބުނެފައިވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހް ގެނައުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް އެ ވިޕާއި އަލީ އާޒިމް ޚިލާފުވެފައިވާ ކަމަށެވެ. އަދި އެއީ ކުށެއް ކަމަށެވެ.

އެހެން ކަމުން ޕާޓީން ނެރޭ ތްރީލައިން ވިޕާ އެއްގޮތަށް އަމަލު ކުރުމަށް އަލީ އާޒިމަށް ވަނީ ނަސޭހަތް ތެރިވެފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ފަސެންޓަށް ބޮޑު ކުރުމަށާއި، ޓީޖީއެސްޓީ 10 ޕަސެންޓުން 12 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

މި ލިއުމާއި ގުޅޭ