Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް އިބްރާހީމު މޫނުފުޅަށް ކުޅުޖަހާ މީހަކަށް ފައިސާގެ އިނާމެއް ތިމަރަފުށީ މުސްތަފާ ހުށަހަޅައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޫނުފުޅަށް ކުޅުޖެހި މީހަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމަށް ދިނުމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ (މުސްތަފާބެ)، ހުށަހަޅުއްވައިފިއެވެ.

ރައީސް އިބްރާހީމަށް ފާޑުވިދާޅުވެ ވަރަށް ގިނައިން ޓުވީޓުކުރައްވާ މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް އިބްރާހީމުގެ މޫނަށް ކުޅުޖެހި މީހަކަށް 50،000 ރުފިޔާގެ އިނާމެއް ދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

އޭނާ މިފަދައިން ވިދާޅުވުމާއެކު ފުލުހުންވަނީ މުސްތަފާގެ ޓުވީޓުގެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ބުނެފައެވެ.

މުސްތަފާއަކީ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވައި އެމަނިކުފާނުގެ ކެމްޕެއިނުގައި އަމަލީ ގޮތުން އުޅުއްވި ބޭފުޅެކެވެ. މުސްތަފާ ތުހުމަތުކުރައްވާ ގޮތުގައި ރައީސް އިބްރާހީމު އޭނާއަށް ދެއްވަންޖެހޭ ފައިސާތަކެއް ނުދެއްވައި އެބަހުއްޓެވެ.

ރައީސް އިބްރާހީމަށް 2018 ވަނަ އަހަރު ތާއީދުކުރެއްވި އެއިރު މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ އެ ބޭފުޅުންނަށް ރައީސް ވެވަޑައިގެންނެވި ވައުދު ނުފުއްދަވާކަމަށް ވިދާޅުވެ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މި ލިއުމާއި ގުޅޭ