Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ތިލަފުށިން ބިން ބޭރު ފަރާތްތަކަށް ދިނުމަކީ ދިވެހި ވިޔަފާރިވެރިންގެ ކުރިމަގު ނުއަގުގައި ވިއްކުން: ސައީދު

ރާއްޖޭގެ މައި ވިޔަފާރި ބަނދަރާ ގުޅުވައިލަން ނިންމާފައިވާ ތިލަފުށިން ބޭރު ކުންފުނިތަކަށް ބިން ދޫކުރުމަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މުސްތަޤުބަލު ނުއަގުގައި ވިއްކުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ތިލަފުށިން ބޭރު ކުންފުނިތަކަށް ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ނިންމުމާ ގުޅިގެންނެވެ. އެޗްޑީސީން ނިންމާފައިވަނީ ތިލަފުށިން ދިވެހި ވިޔަފާރިތަކަށް ބިން މިލްކުވާ ގޮތަށް ބިން ވިއްކާށެވެ. އަދި ބިދޭސީ ކުންފުނިތަކަށް 99 އަހަރު ދުވަހުގެ މުއްދަތަކަށް ބިން ދިނުމަށެވެ.

އެޗްޑީސީން ތިލަފުށީގެ ބިން ވިއްކަން ހުޅުވައިލުމާއެކު އިންޑިއާގެ ދެ ކުންފުންޏަކުންވަނީ ތިލަފުށިން ބޮޑު ދެ ބިން ގަތުމަށް ހުށަހަޅާފައެވެ. އެޗްޑީސީގެ އިސްވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ގޮތުގައި އެ ދެ ކުންފުނިން ބޭނުންވަނީ އެ ބިން ތަރައްޤީކޮށް އެހެން ވިޔަފާރިތަކަށް ބިމުން ބައިތައް ކުއްޔަށް ދޫކުރާށެވެ.

އިންޑިއާ ދެ ކުންފުނިން ހޯދަން އުޅޭ ބިމުގެ ބޮޑުމިން ޔަގީންނުވި ނަމަވެސް އެ ދެ ކުންފުނިން އެދިފައިވަނީ ބޮޑު ދެ ބިމަށްކަން އެޗްޑީސީގެ ދެ އިސްވެރިޔަކު ދިޔަރެސްއަށް ކަށަވަރުކޮށްދެއްވާފައިވެއެވެ.

މިކަމާ ގުޅިގެން ސައީދު ވިދާޅުވީ ބުރިޖަކުން މާލެއާއި ގުޅީފަޅާ ގުޅުވައިލަން ނިންމާފައިވާ ތިލަފުއްޓަކީ މާލޭގެ ބައެއް ކަމަށެވެ. އަދި އެ ރަށުގެ ބިމަކީ ދައުލަތުގެ ބިންކަމަށާއި ރައްޔިތުންގެ މުދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިލަފުށިން އަކަފޫޓަކަށް 1،700 ރުފިޔާގެ މަގުން ބިން ވިއްކަން ހުޅުވައިލުމަކީ ސައީދު ސިފަކުރެއްވި ގޮތުގައި ކަޑަޖަހާފައި، ދިވެހި ވިޔަފާރިވެރިންގެ ކުރިމަގު ނުއަގުގައި ވިއްކުމެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ އެއީ ބޮޑު ވައްކަމެއް ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ތިލަފުށިން ބިން ވިއްކަން އުޅެނީ ބޭރުގެ ތިން ކުންފުންޏަކަށެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވި އެޗްޑީސީގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި މި ބިންތައް ބޭރުގެ ކުންފުނިތަކަށް ލިބުމަކީ ރާއްޖޭގެ އިޤުތިޞާދުގެ ކޮންޓްރޯލު ނެގުމަށް އެ ވިޔަފާރިތަކަށް މަގުފަހިވާނެ ކަމެކެވެ. ޚާއްޞަކޮށް އިމްޕޯޓު ވިޔަފާރިއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ