Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތިލަފުށި

އިންޑިއާގެ ދެ ކުންފުންޏަކުން ތިލަފުށިން ބޮޑު ދެ ބިން 99 އަހަރަށް ނަގަން ހުށަހަޅައިފި

މާލެ ސަރަހައްދުގައި ސިނާއީ މަސައްކަތްކުރުމަށާއި މުދާ ގުދަންކުރުމަށް ބޭނުންކުރަމުން އަންނަ ތިލަފުށިން ބޮޑު ދެ ބިން 99 އަހަރަށް ނަގަން އިންޑިއާ 2 ކުންފުންޏަކުން ހުށަހަޅައިފިއެވެ.

ތިލަފުށިން ބިން މިލްކުކުރެވޭ ގޮތަށް ދިވެހި ކުންފުނިތަކަށް ވިއްކުމަށާއި، 99 އަހަރަށް ބިން ނެގޭ ގޮތަށް ބޭރުގެ ވިޔަފާރިތަކަށް ބިން ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައި އިއުލާނުކުރީ ނިމުނު ހަފުތާގައެވެ.

އެޗްޑީސީގެ އިސްވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އެ ނިންމުމަކީ ރައީސް އޮފީހުން އަންގައިގެން ނިންމި ނިންމުމެކެވެ. އެ ނިންމުން އިއުލާނުކުރުމުގެ ކުރިން އިންޑިއާގެ ދެ ކުންފުންޏަކުން ތިލަފުށިން ބޮޑު ދެ ބިމެއް ގަންނަން ޕްރޮޕޯޒަލް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ސީދާ ކިހައި ބޮޑުމިނެއްގެ ބިންތަކެއްކަން ނަގަން އުޅެނީ ނޭނގޭ. އެކަމަކު ވަރަށް ބޮޑު ދެ ބިން ހޯދަން އެދިގެން އުޅެނީ،" އޭނާ ވިދާޅުވިއެވެ. އިތުރަށް ތަފުސީލު ދެއްވަމުން އޭނާ ވިދާޅުވީ އެ ދެ ކުންފުނިން ހުށަހަޅާފައިވަނީ އެ ބިންތައް ތަރައްޤީކޮށް އެ ބިންތަކުގައި ވިޔަފާރިކުރަން އެހެން ފަރާތްތަކަށް ކުއްޔަށްވެސް ދޫކުރާ ގޮތަށް ކަމަށެވެ.

އެޗްޑީސީން ތިލަފުށީގެ ބިން ވިއްކަން އުޅޭ ސަބަބެއްކަމަށް އޭނާ ވިދާޅުވީ ތިލަފުށީ ތަރައްޤީކުރުމުގެ ޕްލޭނުގެ ދަށުން ހިއްކަންޖެހޭ ސަރަހައްދުގެ ތެރެއިން ނުހިއްކާ އޮތް ބައި ހިއްކަން ބޭނުންވާ ލޯނުގެ އިކުއިޓީ ފައިސާ ހަމަކުރުމަށެވެ.

އޭނާ ވިދާޅުވީ މިކަމަކީ ރާއްޖޭގެ ވިޔަފާރިތަކަށް އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެދާނެ ކަމެއް ކަމަށެވެ. "އިންޓަނޭޝަނަލް ޕޯޓާ ގުޅިފައި އޮތް އިންޑަސްޓްރިއަލް ލޮކޭޝަނަކުން ބޭރު ބަޔަކަށް ބޮޑެތި ބިންތަކެއް ދިނުމަކީ ރާއްޖޭގެ އިކޮނޮމިކް ފިއުޗާ ކޮމްޕްރޮމައިޒްވާނެ ކަމެއް. ޚާއްޞަކޮށް ސިނާއީ މަސައްކަތްތަކާއި ބޭރުން މުދާ އެތެރެކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑު ގެއްލުމަަކަށްވާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ތިލަފުށިން ބިން ވިއްކަނީވެސް ނުއަނގުގައި ކަމަށެވެ. ތިލަފުށިން ބިން ވިއްކަން ފަށާ އަގެއްގެ ގޮތުގައި އޮތީ އަކަފޫޓަކަށް 1،700 ރުފިޔާއެވެ. އެއަގަކީ ބައިނަލްއަޤުވާމީ ބަނދަރާއި ތިލަފުށި ގުޅިގެން ދާއިރު ތިލަފުށީގެ އިޤުތިޞާދީ އަގަށް އަންނާނެ ބޮޑު ބަދަލާ އަޅާކިޔާއިރު މި އަގަކީ ކުޑަ އަގެއް ކަމަށެވެ.

ތިލަފުށިން ބިން ހޯދުމަށް އިންޑިއާ ދެ ކުންފުންޏަކުން އެދިފައިވާއިރު، ހައިޑްރޯ އެނާޖީ މަޝްރޫއެއް ހިންގުމަށްކަމަށްބުނެ ބޮޑު ބިމެއް ލ.ގަމުން ހޯދުމަށް އިންޑިއާ ކުންފުންޏަކުން މަސައްކަތްކޮށްފައިވެއެވެ. އެމަސައްކަތް މަޑުޖެހުނީ އެ ކުންފުންޏަށް ބިން ނުދިނުމަށް އެ ރަށު ކައުންސިލުން ފާސްކުރުމުންނެވެ.

މި ލިއުމާއި ގުޅޭ