Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްކޮޓްލޭންޑް

ސްކޮޓްލޭންޑުގެ ފަސްޓް މިނިސްޓާއަށް އިންޒާރުދިން މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސްކޮޓްލޭންޑުގެ "ފަރސްޓް މިނިސްޓާ" ނިކޮލާ ސްޓާޖަން އަވަހާރަކޮށްލާނެކަމަށް ބުނެ އޮންލައިންކޮށް އިންޒާރުގެ މެސެޖުތައް ޝާއިއުކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް އެ ޤައުމުގެ ކޯޓަކުން ކަނޑައަޅައިފިއެވެ.

އުމުރުން 67 އަހަރުގެ ވިލިއަމް ކާޓިސްވަނީ 27 ފެބްރުއަރީ 2019 އިން ފެށިގެން އެ އަހަރުގެ މާޗު 6 ވަނަ ދުވަހާ ދެމެދުގައި ސްޓާޖަންއަށް އިންޒާރުދީ މެސެޖުތަކެއް އޮންލައިން މަންސަތަކުގައި ޝާއިއުކޮށްފައެވެ.

ގްލަސްގޯގައި ހުންނަ ހައިކޯޓުގެ ޖޫރީއަކުންވަނީ ވިލިއަމް ކާޓިސް ކުށްވެރިވާކަމަށް ކަނޑައެޅުމުގެ އިތުރަށް އުމުރުން 60 އަހަރުގެ ފިލިޕް މިޝެލްގެ މައްޗަށް ޝެރިފް ރޮބާޓް މެކްޑޮނާލްޑަށް ހަމަލާދީ ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. މިއީ 2021 ވަނަ އަހަރުގެ ޖޫން މަހުގައި ހިންގި އަމަލެކެވެ.

ސްޓާޖިންއަށް އިންޒާރު ދިނުމުގެ އިތުރަށް ސްކޮޓްލޭންޑުގެ ބަރުލަމާނުގެ މެންބަރެއްކަމަށްވާ ސްޓުވާޓް ސްޓީވެންސަންއަށް ހުތުރު މެސެޖުތައް ފޮނުވައި އިންޒާރުދީފައިވެއެވެ.

ސްޓީވެންސަންއަށް އަދި ސްޓާޖިންއަށް އިންޒާރުދީ ބިރުދެއްކުމުގެ ކުށް ކާޓިސްގެ މައްޗަށް ސާބިތުވާކަމަށް ގްލަސްގްލޯގައި ހުންނަ ސްކޮޓްލޭންޑުގެ ހައިކޯޓުން ނިންމާފައިވެއެވެ.

މި ލިއުމާއި ގުޅޭ