Saturday 13th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ޕީޖީ އޮފީހަށް 24،000ރ. ގެ އަގުބޮޑު ގޮނޑިއެއް ގަނެފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް 24،000ރ. ގެ އަގުބޮޑު އޮފީސް ގޮނޑިއެއް ގަނެފި އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ނެރުއްވާފައިވާ ސަރކިއު؛ލާގައި ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް މައުލޫމާތު ހާމަކުރަން ލާޒިމުކުރެ އެވެ.

އެގޮތުން ނިމިދިޔަ ޖެނުއަރީ މަހު ޕީޖީ އޮފީހުން ގަނެފައިވާ މުދާ އަދި ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލު އެ އޮފީހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އެވޯޑް ޝީޓުގައި ވާގޮތުން މިދިޔަ މަހު ޕީޖީ އޮފީހުން ވަނީ ރެއިންބޯ ފިހާރައިން މީޑިއަމް ސައިޒުގެ އޮފީސް ގޮނޑިއެއް ގަންނަން 24،000ރ. ހަރަދުކޮށްފަ އެވެ.
މުޅި މިދިޔަ މަހު އެ އޮފީހުން ހޯދި މުދަލާއި ހިދުމަތުގެ ތެރެއިން އެންމެ އަގުބޮޑު ތަކެތީގެ ތެރޭގައި އެ ގޮނޑި ގަތުމަށް ކުރި ހަރަދު ހިމެނެ އެވެ.
އޭގެ އިތުރުން އޮފީހުގައި ހަރުކުރާ ގައުމީ ދިދައާއި، ޕީޖީ އޮފީހުގެ ދިދަ ގަންނަންވެސް އެ އޮފީހުން މި މަހު ވަނީ 31،050ރ. ހަރަދުކޮށްފަ އެވެ. އެތަކެތި ގަނެފައިވަނީ "ސްޓާ އެޕޭރަލްސް" ނަމަކަށް ކިޔާ ތަނަކުންނެވެ.
އެވޯޑް ޑޭޓާ ޝީޓުގައި ވާގޮތުން އެ އޮފީހުން ވަނީ ޑީވީޑީ އާރެއް ރަބާ ކަވަރަކާއެކު ގަތުމަށް ވެސް 27،000ރ. މިދިޔަ މަހު ހަރަދުކޮށްފަ އެވެ.
އަދި ވެހިކަލް ކުއްޔަށް ނެގުން ފަދަ ކަންކަމަށް ބޮޑު ހަރަދެއް އެ އޮފީހުން މިދިޔަ މަހު ކޮށްފައިވާއިރު، އެއަށްވުރެ ބޮޑެތި ހަރަދު މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރި ބައެއް ދަތުރުތަކުގެ ޓިކެޓަށް އެކަނި ހޭދަކޮށްފައިވެ އެވެ.
މި ލިއުމާއި ގުޅޭ