Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ސައީދުގެ ސުވާލެއް: ރައީސް އޮފީހުގައި ހުރީ ބޮޑު ޅޮހެއް، މިއީ ދުއްޕާނަކަށް ނުވޭތޯ؟

ރައީސް އޮފީހުގައި ހުންނެވީ "ބޮޑު ޅޮހެއް"ކަމަށާއި އެއީ ދިވެހިރާއްޖެއަށް ޖެހިފައިވާ "ދުއްޕާނަކަށް" ނުވޭތޯ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ސުވާލު ކުރައްވައިފިއެވެ.

ސައީދު މިފަދައިން ސުވާލުކުރައްވާފައިވަނީ އިދިކޮޅު ކޯލިޝަނުން "ހޯޕް ކޮންފަރެންސް"ގެ ތެރެއިން މިހާރު ކުރިއަށް ގެންދާ "ދުއްޕާން ޖަލްސާ"ގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ދިވެހިރާއްޖޭގައި އަޑާއި މަންޒަރާ ދިމާވާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމްކަމަށެވެ. އަދި އެ ޕާޓީގެ ރައީސް މިނިވަން ކުރަން ކުރާ މަސައްކަތް "ހޯޕް"އަކަށް ނުވޭތޯ ސައީދު ވަނީ ސުވާލުކުރައްވާފައެވެ.

އޭގެއިތުރަށް ސައީދުގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރު ދިވެހިރާއްޖެއަށް "ދުއްޕާން"އަކަށް ވާ ގޮތްތައް ކިޔާދެއްވާފައެވެ.

އެގޮތުން ހަނިމާދޫގައި 45 ނެޝަނަލް ޑިފެންސް ފޯސްގެ މީހުން ތިބޭކަމަށާއި އޭގެ ތިން ގުނަ އިންޑިއާ ސިފައިން ތިބީމައި އެކަން އެއީ ދުއްޕާނަކަށް ނުވޭތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

"ހަނިމާދޫއަށް ބޭނުން ނުވާ ވަރުގެ އަސްކަރީ ބޮޑު ރަންވޭއެއް އަޅަން 135 މިލިއަން ޑޮލަރު ދައުލަތުގެ މާލިއްޔާއިން އިންޑިއާ އަޅުގަނޑުމެންގެ ބޮލުގައި އެޅުވީމައި ދުއްޕާނަކަށް ނުވޭތޯ؟ އުތުރު ތިލަފަޅުގެ އެއްބަސްވުން ސިއްރުކުރީމައި ދުއްޕާނަކަށް ނުވޭތޯ؟ ބޮޑު ޅޮހެއް ރައީސް އޮފީހުގައި އެހުރީ ދުއްޕާނަކަށް ނުވޭތޯ؟" ސައީދު އިތުރަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މެންބަރު ސައީދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ އަޑި ކުރަހަން ހައިޑްރޮގްރަފީގެ ނަމުގައި މި ސަރުކާރުން އިންޑިއާއަށް ހަވާލުކޮށްފައިވާކަމަށާއި އެއީވެސް ދުއްޕާނެއްކަމަށާއި ބޭރުގެ ފަރާތްތަކަށް އުމުރު ދުވަހަށް ތިލަފުށިން ބިން ވިއްކުމަކީވެސް ދުއްޕާނެއްކަމަށެވެ.

"އެއާޕޯޓުގައި ހަ ބޯލްޓް އަޅުވާލަން ދިނީމައި ފަސް އަހަރުން ނުވި ދުއްޕާނަކަށް ނުވޭތޯ، ނުހެދި ހުރި ރިސޯޓުތައް ހަދަން ފަނޑެއް ގާއިމުކޮށްދިން ރާއިސް ޔާމީން. މިމީހުންނަކަށް ނޭގުން އެ ފަންޑު ހުޅުވާކަށްވެސް، ދުއްޕާނަކަށް ނުވޭތޯ، ސޮވެރިން ޑިވެލޮޕްމަންޑް ފަންޑުގައި ރައީސް ޔާމީން ވަޑައިގެންނެވިއިރު 250 މިލިއަން ޑޮލަރު ބަހައްޓަވާފައި އަދި އެ ފަންޑުން ބޭރު ދުނިޔޭގެ ބައެއް އިންޓްރެސްޓް ބޮޑުވާން އެކި ފަންޑްތަކުގައި އިންވެސްޓް ކޮށްފައި އެމަނިކުފާނު ވަޑައިގަތީ މިއަދު އެޔަކު ލާރިއެއް ނެތް، ދުއްޕާނަކަށް ނުވޭތޯ؟" މެންބަރު ސައީދު އިތުރަށް ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ ރައީސް އިބްރާހީމަކީ އިންޑިއާ ކަނޑަށް ޖެހިފައި އޮތް ދުއްޕާނެއްކަމަށާއި މިކަނޑަށް ޖެހިފައި އޮތް މުސީބާތުން ސަލާމަތްވުމަށް އެމަނިކުފާނު ދެވަނަ ދައުރަކަށް ނުހޮވުމަށް ދިވެހި ރައްޔިތުން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

އެގޮތުން ރައީސް އިބްރާހީމަށް ސަރުކާރު ހިންގަން ނޭނގުމުގެ ސަބަބުގެ ޖީއެސްޓީ ބޮޑުކޮށް ދިވެހި ރައްޔިތުންނަށް ތަހުލީފު ޖައްސާފައިވާކަމަށާއި މިކަމުން ސަލާމަތްވުމަށް އެމަނިކުފާނު ވެރިކަމުން ބާލަން ޖެހޭކަމަށްވެސް ސައީދު ފާހަގަކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ