Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާފިއާ

އިޓަލީ މާފިއާގެ ބޮޑެއް ޕިއްޒާ ފިހާ މީހަކަށް ވެގެން އުޅެނިކޮށް އަތުލައިގެންފި

2006 އިން ފެށިގެން ފިލައިގެން އުޅުނު އިޓަލީގެ ނުރައްކާތެރި ކުށްވެރިންގެ ޖަމާއަތެއް ކަމަށްވާ ދްރަންގެޓާއަށް މާފިއާއަށް ނިސްބަތްވާ އެޑްގާރޑޯ ގްރެކޯ ހޯދައިފިއެވެ.

ގްރެކޯ ހޯދަމުންއައީ 1991 ގައި އިޓަލީގައި 2 މީހަކު ރަހީނުކޮށް މަރާލި މައްސަލައިގާ 2006 ގައި އެގައުމުގެ ކޯޓުން އޭނާ ހައްޔަރު ކުރުމަށް އަމުރު ނެރުމާއި ގުޅިގެން އޭނާ ފިލުމުންނެވެ. އޭނައި މަރާލި 2 މީހުންގެ ހަށިގަނޑު ހޯދިފައެއް ނުވެއެވެ. އަދި ތަހުގީގު ކުރި ފުލުހުންގެ ގަބޫލްކުރުމަކީ އެ 2 މީހުން މަރާލުމަށްފަހު އެސިޑް އެއްޗަކަށް ލާފައި ހަށިގަނޑުތައް ވިރުވާލީކަމަށެވެ.

2006ގައި ފިލައިގެން ގޮސް 8 އަހަރު ފަހުން ފްރާންސްގެ ސެއިންޓް-އެޓިއެންގައި ގްރެކޯ ދިރިއުޅެން ފެށިއެވެ. އިޓަލީގެ ފުލުހުންނަށް އޭނާއަށް ފުރިހަމައަށް ފިލުނުކަމަށް ގަބޫލްކޮށްގެން، އޭނާވަނީ އެ ސިޓީގެ ރެސްޓޯރެންޓެއްގައި ޕިއްޒާ ފިހާ މީހެއްގެ ވަޒީފާ ހޯދާފައެވެ. އެއަށްފަހު ޕައޯލޯ ޑިމިޓްރިއޯ ނަމަކަށް ކިޔާ މީހަކަށް ހެދިގެން އޭނާގެ އައު ދިރިއުޅުން ފެށިއެވެ.

އިޓަލީގެ ކޯޓުގައި އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ހުކުމް ކޮށްފައިވީ ނަމަވެސް، 2021 ގައި އޭނާވަނީ އޭނާ ހޯދަމުން އަންނަ މީހުންނަށް ފުރިހަމައަށް އޮޅުވާލެމުނުކަމުގެ ކުށްހީގައި، އެ ސިޓީގެ ނޫސް މަޖައްލާއަކަށް އިންޓަވިއުއެއް ދީފައެވެ. މިކަމުގެ ސަބަބުން އޭނާގެ މޫނުވަނީ އެ ނޫހުގެ ސޮފްހާއަކަށް އަރާ، އޭނާ އުޅޭ ތަނާއި، މިހާރު ބޭނުންކުރާ ނަން އޭނާ ހޯދަމުން އައި މީހުންނަށް އޮޅުމަކުންވިޔަސް ފަޅާއަރާފައެވެ.

ގްރެކޯ ހޯދަމުން އައި އިޓަލީގެ ފާހަގަ ކޮށްލެވޭ ޕްރޮސިކިއުޓަރ، ނިކޮލާ ގްރާޓޭރީއާއި، ދްރަންގެޓާ ޖަމާއަތާއި ދެކޮޅަށް މަސައްކަތް ކުރަން އެކުލަވާލައިފާވައި އިންޓަޕޯލްގެ ޓީމާއި، އަދި ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ބައިވެރިވެގެންވަނީ ގްރެކޯ ދިރުއުޅެމުން އަދި ވަޒީފާއަދާ ކުރާކަމަށް ޝައްކަ ކުރެވޭ ތަންތަން ފާރަލާފައެވެ. އޭނާއަކީ ގްރެކޯކަން ދެނެގަނެ ޔަގީންވުމުން، ފުލުހުންވަނީ އޭނާ ވަގުތުން ހައްޔަރުކޮށްފައެވެ.

ގްރެކޯ ހައްޔަރު ކުރުން ވެގެންދިޔައީ އިޓަލީގެ ފުލުހުންނަށް ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. މިކަމާއި ގުޅިގެން އިޓަލީގެ އިންޓީރިއަރ މިނިސްޓަރވަނީ ފުލުހުންނަށް ތައުރީފުކޮށްފައެވެ.

އިޓަލީ މާފިއާތަކަށް ނިސްބަތްވާ މީހުން ހޯދައި، އެމީހުންނަށް ހައްގުވާ އަދަބު ދިނުމުގައި އިޓަލީގެ ފުލުހުންނާއި، އަދި އިންޓަޕޯލްވެސް ވަރަށް، ބުރަ މަސައްކަތް ކުރެއެވެ. އެގޮތުން، މިފަހުންވަނީ 30 އަހަރު ވަންދެން ފިލައިގެން އުޅުނު އިޓަލީގެ "ދަ ލާސްޓް ގޯޑް ފާދާ"، މެސީނާ ޑެނާރޯ ހޯދައި ހައްޔަރުކޮށްފައެވެ. އޭނާއަކީ، ކުރިން އިޓަލީގެ އެންމެ ވަރުގަދަ، އެންމެ ނުރައްކާތެރި މާފިއާ ކަމަށްވާ، ކޮސާ ނޮސްޓުރާގެ ކުރީގެ އިސް ވެރިޔާއެވެ.

މި ލިއުމާއި ގުޅޭ