Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ތިލަފުށިން ބިން ވިއްކުމާއި ގުޅިގެން ސައީދު: މިއީ ބިމުގެ އަގުޖެހުމުގެ ކުރީން ހިންގާބޮޑުޖަރީމާއެއް!

ސިނާއީ ކަންކަމަށް ބޭނުންކުރަމުން އަންނަ ތިލަފުށިން ބިން ވިއްކުމަކީ ބިމުގެ އަގުޖެހުމުގެ ކުރީން ހިންގޭ ބޮޑު ޖަރީމާއެއްކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން ނިންމައި އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ރަށުން ބިން ގަތުމަށް ހުޅުވައިލަނީ ދިވެހި އަދި ބިދޭސީ ވިޔަފާރިތަކަށް ކަމަށެވެ. ބީލަން ކާމިޔާބުކުރާ ދިވެހި ވިޔަފާރިތަކަށް ބިން މިލްކުކުރެވޭނެއެވެ. ނަމަވެސް ބިދޭސީ ކުންފުނިތަކަށް ބިން ކުއްޔަށް ދޭނީ 99 އަހަރަށެވެ.

މިކަމާއި ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައިވަނީ އުމުރުދުވަހަށް މިލްކު ކުރެވޭގޮތައް މާލޭގެބިން ބޭރުފަރާތް ތަކަށް ސަރުކާރުން ވިއްކާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭނާ ވިދާޅުވީ ތިލަފުށިގެ ބިން މާލޭގެ ބިމަކަށް ވަނީ 700 މިލިއަން ޑޮލަރަށް މާލެއާއި ތިލަފުށިގުޅޭ ކަމަށްބުނާތީކަމަށެވެ.

މެންބަރު ސައީދު އިތުރަށް ވިދާޅުވީ މިއީ ބިމުގެއަގުޖެހުމުގެ ކުރީން ހިންގާ ބޮޑުޖަރީމާއެއްކަމަށާއި މިކަން ހުއްޓަންޖެހޭކަމަށެވެ.

މިފަދަ ކަންބޮޑުވުމެއް ސައީދު ފާޅުކުރައްވާފައިވާއިރު ތިލަފުށިން ބިން ވިއްކުމުގެ ފުރަތަމަ މަރުހަލާގައި ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރަސަތު ހުޅުވައިލާނެކަމަށާއި އެއަށްފަހު ދެވަނަ މަރުހަލާގައި ބީލަން ހުށަހަޅަން ހުޅުވައިލާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ ވިއްކާ ބިންތަކުގެ އަގު ފަށާނީ އަކަފޫޓަކަށް 1،700 ރުފިޔާއިން ކަމަށެވެ.

ތިލަފުށިން ބިން ވިއްކަން އެޗްޑީސީން ނިންމާފައިވާއިރު، ތިލަފުށި ތަރައްޤީކުރުމުގެ ޕްލޭނުގައި އެ ރަށުން ހިއްކަން ނިންމާފައިވާ ބިމުން 151 ހެކްޓަރުގެ ބިން އޮތީ ނުހިއްކައެވެ. ސިނާއީ ރަށެއްގެ ގޮތުގައި ތިލަފުށި ތަރައްޤީކުރަން އެޗްޑީސީން ރާވާފައިވީ ނަމަވެސް އެކަމުގެ މަސައްކަތްތައް އަދި އެކަށީގެންވާ ދުވެއްޔެއްގައި ނުކުރެވެއެވެ.
މި ލިއުމާއި ގުޅޭ